ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 34 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 34 މީހަކު ކޮވިޑް-19 އަަށް ޕޮޒިޓިިވް ވެއްޖެ އެވެެ.

އެޗްޕީއޭއިން ދެންމެ ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ 12 ދިވެހިންނާއި ބަންގްލަދޭޝްގެ 21 މީހުންގެ އިތުރުން އިންޑިއާ މީހެއް ކަމަށެވެ.

މި 19 މީހުންނާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 1547 އަށް އަރާފައެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 242 މީހުން ވަނީ ރަނގަޅުވެފަ އެވެ. ކޮވިޑްގައި މިހާތަނަށް ފަސް މީހަކު ވަނީ މަރުވެފައެވެ. އެއީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.

އެންމެ ފަހުން މި ބަލީގައި މަރުވި ބިދޭސީ މީހާ ބައްޔަށް ޕޮޒިޓިވްވީކަން އެނގުނީ މަރުވި ފަހުންނެވެ. އޭނާ ފެނިފައިވަނީ ވެސް މަގުމައްޗަށް މަރުވެގެން ވެއްޓިފައި އޮއްވަ އެވެ.

ކޮވިޑްގެ ބަލި މީހުން ފެނަން މިންވަރު މަދުވަމުންދާތީ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކެއް ސަރުކާރުން މިހާރު ވަނީ ދީފައެވެ.