ކޮވިޑް-19 އާ ގުޅިގެން ސިއްހީ ހިދުމަތްތެރިން ކުރި މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ޓާކިޝް އެއާލައިންސް އިން ސިއްހީ ހިދުމަތްތެރިންނަށް 40 ޕަސެންޓް ޑިސްކައުންޓް ލިބޭ ހާއްސަ އޮފާއެއް ފަށައިފި އެވެ.
ޓާކިޝް އެއާލައިންސް އިން ނެރެފައިވާ ބަޔާނެއްގައި ބުނީ އެ ކުންފުނިން އިން ކުރިއަށް ގެންދާ ކެމްޕޭނުގެ ދަށުން ދުނިޔޭގެ ހުރިހާ ހިސާބެއްގައި ތިބި ސިއްހީ ހިދުމަތްތެރިންނަށް ވެސް މި ހާއްސަ އޮފާގައި ދަތުރު ކުރެވޭނެ ކަމަށެވެ.
މި އޮފާގެ ދަށުން ޓިކެޓް ބުކް ކުރުމުގެ ފުރުސަތު މިމަހުގެ އަށް ވަނަ ދުވަހުން ޖުލައި 18 ގެ ނިޔަލަށް އޮންނާނެ އެވެ. އަދި ޓިކެޓު ނެގުމުގެ ފުރުސަތު މިމަހުގެ އަށް ވަނަ ދުވަހުން އޮގަސްޓް އެއްވަނަ ދުވަހުގެ ނިޔަލަށް ލިބޭނެ އެވެ. މި ހާއްސަ އޮފާގެ ދަށުން ޓިކެޓު ނަގާ ސިއްހީ ހިދުމަތްތެރިންނަށް މިމަހުގެ އަށް ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ މެއި 31 ގެ ނިޔަލަށް ދަތުރު ކުރެވޭނެ އެވެ.
މި ފެއާގައި ދަތުރު ކުރަން ޓިކެޓު ބުކިން ހައްދާއިރު، ސިއްހީ ހިދުމަތްތެރިންނަށް ދޫކޮށްފައިވާ އައިޑީ ކާޑު ބޭނުންވެ އެވެ.
ޓާކިޝް އެއާލައިންސްއަކީ ރާއްޖެ އަށް ގިނަ އަދަދެއްގެ ފްލައިޓް ބޭއްވި އެއާލައިން އެކެވެ.