ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މިއަދު ޕޮޒިޓިވްވީ 22 މީހުން

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 22 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑަށް ޕޮޒިޓިވްވި 22 މީހުންގެ ތެރޭގައި ހިމެނެނީ ނުވަ ދިވެހިންނާއި ބަންގްލަދޭޝްގެ 10 މީހުންނާއި އިންޑިއާގެ ތިން މީހެއް ކަމަށެވެ. މި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1872 އަށް އަރާފައެވެ.

އިއްޔެ ޕޮޒިޓިވްވީ ނުވަ މީހުންނެވެ. އޭގެ ކުރީ ދުވަހު 12 މީހުންނެވެ.

އެޗްޕީއޭއިން ބުނީ މިރޭގެ ނިޔަލަށް 27،944 ސާމްޕަލް ނަގާފައިވާ ކަމަށެވެ.

މިއަދުގެ ނިޔަލަށް ކަރަންޓީންގައި ތިބީ 1478 މީހުންނެވެ. އައިސޮލޭޝަންގައި ތިބީ 1196 މީހުންނެވެ.

ކޮވިޑްގައި މިހާތަނަށް ރާއްޖެއިން ހަތް މީހުން މަރުވެފައިވެއެވެ. އެއީ ހަތަރު ދިވެހިންނާއި ތިން ބިދޭސީންނެވެ.