ހަސަން މަމްދޫހު (މަންޑޭ)

މަންޑޭގެ އެހީ ޕްރަގްރާމް މަންމަގެ ހަނދާނަށް

ވިޔަފާރިވެރިޔާ ހަސަން މަމްދޫހު (މަންޑޭ) ފައްޓަވާފައިވާ އެހީ ޕްރޮގްރާމް، އޭނާގެ މަންމަގެ ހަނދާނުގައި އުފައްދަވާފައިވާ ފައުންޑޭޝަންގެ ތެރެއިން ކުރިއަށް ގެންދެވުމަށް ނިންމަވައިފި އެވެ.

ޒުވާން ވިޔަފާރިވެރިޔާ ގެންދަވަނީ ބޭނުންޖެހިފައިވާ އެކި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށްރަށަށް އެހީވާން ހާއްސަ މަަސައްކަތްތަކެއްވެސް ވަނީ ފައްޓަވާފައެވެ. މަންޑޭގެ އެހީގެ އެ ޕްރޮގްރާމްގައި ރަށްރަށަށް ދެނީ މާސްކާއި ސެނިޓައިޒާ އާއި އަންގި އެވެ. ނަމަވެސް ސަރުކާރުގެ ބައެއް އިދާރާތަކަށް އެތަކެތީގެ އިތުރުން ކޮވިޑާ ގުޅިގެން އޮފިޝަލުން ބޭނުން ކުރާ ރައްކާތެރި ކަމުގެ ހެދުން ވެސް ދެ އެވެ.

މަންޑޭ ވިދާޅުވީ އެހީގެ މަސައްކަތް ހުއްޓާނުލައްވާ ކުރިއަށް ގެންދެވުމަށް ނިންމަވާފައިވާ ކަމަށާ "މަންޑޭގެ އެހީ ޕްރޮގްރާމް" ގެ ނަމުގައި ކުރިއަށް ގެންދަވާ އެހީގެ މަސައްކަތް ދެން ކުރިއަށް ގެންދަވާނީ އޭނާގެ މަންމަގެ ހަނދާނުގައި އުފައްދަވާފައިވާ "ޝަރީފާ ފައުންޑޭޝަން" ގެ ތެރެއިން ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށްރަށަށް އެހީވާން ފެށި މަސައްކަތުގެ ތެރެއިން ދެ ރަށެއް ފިޔަވާ ހުރިހާ ރަށަކަށް މާސްކާއި ސެނިޓައިޒާ އާއި އަންގި ވަނީ ހަދިޔާކޮށްފައެވެ.

މިއީ މި ބަލިމަޑުގައި ވިޔަފާރިވެރިއަކު އިސްނަންގައިގެން ހިންގެވި އެންމެ ބޮޑު އެހީތެރިކަމުގެ ޕްރަގްރާމެކެވެ.