ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާބަނޑު މީހުންގެ ފަރުވާއަށް އަވަސް އިންތިޒާމެއް މުހިއްމު: ނައިބު ރައީސް

ކުއްލި ސިއްހީ ހާލަތްތަކުގައިވެސް މާބަނޑު މީހުންނަށް ބޭނުންވާ ފަރުވާދިނުމުގައި ވީހާވެސް ހަރުދަނާ އަވަސް އިންތިޒާމުތަކެއް ހަމަޖެހިފައި އޮތުމަކީ މުހިއްމު ކަމެއް ކަމަށް ނައިބު ރަައީސް ފައިސަަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އިންތިޒާމުތައް ހަރުދަނާ ކުރުމަށް ނައިބު ރައީސް ވިިދާޅުވީ، ކުއްލި ސިއްހީ ހާލަތްތަކުގައި ފަރުވާ ދެވޭނެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖެއްސުމާ ބެހޭ ގޮތުންނާއި އަތޮޅު ތެރޭގައި ސިއްޙީ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމާ ބެހޭގޮތުން އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިއްޔެ ހަވީރު ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ނައިބު ރައީސްގެ އިތުރުން، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ޖެންޑާ މިނިސްޓަރު އައިޝަތު މުޙައްމަދު ދީދީ އާއި އާސަންދަ ކުންފުންޏާއި އެސްޓީއޯގެ އިސްވެރިންގެ ވަނީ ބައިވެރިވެފަ އެވެ.

ރައީސް އޮފީހުން ބުނީ އަތޮޅުތެރޭގައި ދިމާވާ އެކިއެކި ސިއްހީ ކުއްލި ހާލަތްތަކުގައި ފަރުވާގެ ކަންކަން އިންތިޒާމުކުރުމުގައި މިހާރަށްވުރެ ހަރުދަނާ އިންތިޒާމުތަކެއް ރާވަން ޖެހޭ ކަން ނައިބުރައީސް ވަނީ މި ބައްދަލުވުމުގައި ފާހަގަކޮށްފައި ކަމަށެވެ. ހާއްސަކޮށް މާބަނޑު މީހުންނަށް ބޭނުންވާ ފަރުވާދިނުމުގައި ހަރުދަނާ އަވަސް އިންތިޒާމުތަކެއް ހަމަޖެހިފައި އޮތުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން، ފެންވަރު ރަނގަޅު ހިދުމަތެއް ލިބޭނެގޮތަށް ވަސީލަތްތަކާއި އެހެނިހެން ކަންކަން ސިއްހީ ދުމަތްދޭ ތަންތަނުގައި ހަމަޖެހިފައި ހުރިކަން ކަށަވަރުކުރެއްވުމަށް ވެސް އިދާރާތަކަށް އެދިވަޑައިގެންފަ އެވެ.

ބައްދަލުވުމުގައި ވަނީ މިހާރު ހިދުމަތްދިނުމުގައި ހުރި ދަތިތައް ނައިބު ރައީސް އަށް ހިއްސާކުރައްވާފަ އެވެ.

ކުއްލި ހާލަތުގައި ދޭންޖެހޭ ފަަރުވާ ނުދެވި ލަސްވެ އެކި ސިއްހީ މައްސަލަތައް ދިމާވަމުން އަންނަ ކަމަށް އާއްމުން ދަނީ ސޯޝަލްމީޑިއާގައި ހިއްސާކުރަަމުންނެވެ. އޭގެ ތެރޭގައި މާބަނޑުމީހުންނަށް ފަރުވާ ނުލިބިި ގެއްލުން ލިބޭ މައްސަލަތައްވެސް ފެންމަތިވެ އެވެ.