ދުނިޔެ

ފޭސްބުކްގެ ޕްރައިވެސީ މައްސަލަ ކޯޓަށް

Sep 24, 2015

އޮސްޓްރިއާ (ބީބީސީ) ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސް އިން ނެރުނު ހިޔާލެއްގައި ޔޫރަޕާއި އެމެރިކާއައި ދެމެދު ނެޓުން މައުލޫމާތު ބަދަލު ކުރުމުގެ ގަވައިދުތައް ކަމުނުދާ ކަމަށް ބުނެފިއެވެ.

ފޭސްބުކުން މީހުންގެ ޒާތީ މައުލޫމާތުތައް އެއްކޮށް ރައްކާ ކުރާ ކަމަށް ބައެއް ފަރާތްތަކުން ބުނެފައި އެބަ ހުއްޓެވެ. އޮސްޓްރޭލިއާގެ މެކްސް ޝްރެމްސް އަކީ ފޭސްބުކާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލާ އެކަމަށް މަސައްކަތް ކުރަމުންދާ އެކްޓިވިސްޓެކެވެ. އޭނާ ދެކޭ ގޮތުގައި ޔޫރަޕުން ފޭސްބުކް ބެނުން ކުރާ މީހާގެ މައުލޫމާތު އެމެރިކާއަށް އެއްކޮށް އެމެރިކާގެ އިދަރަތަކަށް އެ މައުލޫމާތު ފޯރުވައިދިނުމަކީ ފޭސްބުކުން ގާނޫނާ ހިލާފަށް ކުރާ ކަމެކެވެ.

ފޭސްބުކްގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލް ބުނީ އެ ކުންފުނި އޮޕަރޭޓް ކުރަނީ އީޔޫގެ ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ. އަދި ފޭސްބުކް ބޭނުން ކުރާ މީހުންގެ މައުލޫމާތު އެމެރިކާގެ އިދަރަތަކާ ހިއްސާ ނުކުރާ ކަމަށެވެ.