ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ބަލި ޖެހުނު ގިނަ މީހުން ރަނގަޅުވެއްޖެ

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ގިނަ ބަޔަކު ރަނގަޅުވެއްޖެ އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިފައިވަނީ 1942 މީހުންނެވެ. އެމީހުންގެ ތެރެއިން 1010 މީހަކު ވަނީ ރަނގަޅުވެފައެވެ. މިއީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 52.01 ޕަސެންޓެވެ.

މިވަގުތު ފަރުވާ ކުރަމުންދަނީ 922 މީހުންނެވެ. މިފަހުން ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ދަނީ ކޮވިޑް ބަލިން ރަނގަޅުވަމުންނެވެ. އިއްޔެވެސް 98 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއަދު ބަލިން ރަނގަޅުވީ 85 މީހެކެވެ.

ކޮވިޑްގައި ރާއްޖެއިން މަރުވީ 8 މީހުންނެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.

ކޮވިޑްގެ ބަލި މީހަކު ރާއްޖެއިން ފެނުނުތާ މިއަދަށް 94 ދުވަސްވެފައިވާއިރު މިފަހުން ކޮވިޑްގެ ބަލި މީހުން ރާއްޖެއިން ފެންނަ މިންވަރުވެސް ދަނީ މަދުވަމުންނެވެ. ކޮންމެ ދުވަހަކު 600-900 ދެމެދުގެ އަދަދަކަށް ސާމްޕަލް ނަގާ ޓެސްޓް ކުރަމުންދާއިރު މިއަދު ބައްޔަށް ޕޮޒިޓިވްވީ 26 މީހުންނެވެ. އިއްޔެ ޕޮޒިޓިވްވީ ދެ މީހުންނެވެ.

މިހާތަނަށް 31،697 ސާމްޕަލް ވަނީ ނަގާފައެވެ. ކޮވިޑަށް ނަގާ ސާމްޕަލްތައް އައިޖީއެމް ހޮސްޕިޓަލާއި، އޭޑީކޭ އަދި ފުލުހުންގެ ލެބްގައި ދަނީ ޓެސްޓް ކުރެވެމުންނެވެ.