ހަބަރު

ސްކޫލްތައް ހުޅުވަން ތައްޔާރުވާން އެޑިއުކޭޝަަނުން އަންގައިފި

ސްކޫލްތައް ބަންދު ކުރިތާ ތިން މަހަށްފަަހު، އަލުން ހުޅުވާލުމަށް ތައްޔާރުވާން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރި ހުރިހާ ސްކޫލްތަކެއް އެންމެ ފުރަތަމަ ބަންދު ކުރީ މާޗް 11 ގައި އެއް ހަފްތާ އަށެވެ. އެ ދުވަސްވަރު ސްކޫލުތައް އޮތީ ފުރަތަމަ ސެމިސްޓާގެ މިޑްޓާމް ބްރޭކްގަ އެވެ. އެއް ހަފްތާ އަށް ބަންދު ކުރި ކަން އިއުލާން ކުރީ ރާއްޖޭގެ ގިނަ ޑޮކްޓަރުންނާއި ޓީޗަރުންގެ ޖަމިއްޔާ އިންވެސް ސަރުކާރަށް ގޮވާލާފަައިވަނިކޮންނެވެ.

އެންމެ އަވަހަށް ވެސް ސްކޫލުތައް ހުޅުވޭނީ އަންނަ އާދިއްތަ ދުވަހު ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން އެވެ. އެއީ، ލޮކްޑައުން އަށް ލުއިތަކެއް ދޭން ނިންމުމަށްފަހު ތިން ވަނަ ހަފްތާގަ އެވެ.

ސްކޫލުތައް ބަންދުކޮށް، ތިން މަހަށްވުރެ ގިނަ ދުވަސްވެފަައިވަނިކޮށް އަލުންް ހުޅުވާލަން އުޅޭ ކަމުގެ އިޝާރާތެއް އެޑިއުކޭޝަން މިނިސްޓްރީން ދިނީ އިއްޔެ އެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއި ކުރައްވާ ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ކަމާގުޅުން ހުރި ފަރާތްތަކުގެ ލަފާގެ މަތިން ސްކޫލުތައް ހުޅުވައި ކިޔަވައިދިނުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.

ސާކިއުލާގައި ބުނީ ސްކޫލުގެ ދަންފަޅިތައް ކުރިއަށް ގެންދާނެ ގޮތާއި، ސްކޫލަށް ހާޒިރުވާނީ ކިހާ ދަރިވަރުންނެއް ކަން ނިންމާނީ ރަށުގެ ބަލިމަޑުކަމުގެ ހާލަތަށް ބެލުމަށްފަހުގައި ކަމަށެވެ. އަދި، މި ހާލަތުގައި ދަރިވަރުންނާއި މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރަން އެޗްޕީއޭގެ އިރުޝާދާ އެއްގޮތަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ފާހަގަކޮށްފައިވެ އެވެ.

އެހެންނަމަވެސް، ސްކޫލުތައް ހުޅުވާނެ ތާރީހެއް ކަނޑައަޅާނީ އެޗްޕީއޭ އިން ކަމަށާއި ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ސާކިއުލާގައި ވެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ވަނީ ނިއު ނޯމަލްގައި ބައެއް ސްކޫލުތަކުގައި ހަތަރު ދަންފަޅިއަށް ވެސް ކިޔަވައިދޭން ޖެހިދާނެ ކަމަށް މި މަހު ވިދާޅުވެފަ އެވެ. އަދި ބައެއް ގަޑިތައް ޑިސްްޓަންސް މޯޑުން ނަގައިދިނުމަށްވެސް މަޝްވަަރާ ކުރަމުން އަަންނަ ކަމަށް ވިދާޅުވެފައި ވެ އެވެ. މާލޭގެ ހުރިހާ ސްކޫލެއްކަހަލަ ގޮތަކަށް ދެ ދަންފަޅިއަށް ހިންގާއިރު 2000 އެއްހާ ދަރިވަރުން ސްކޫލްތަަކުގައި ކިޔަވަ އެވެ. އަތޮޅުތެރޭގެ ގިނަ ސްކޫލުތައް ހިންގަނީ އެއް ދަންފަޅި އަށެވެ.

ސްކޫލުތަކުގައި ކިޔެވުން މެދުކަނޑާލިފަހުން، އެޑިއުކޭޝަނުން ވަނީ ޓެލިކިލާސްް ނަމުގައި ޕްރޮގްރާމްތަކެއް ކުރިއަށްގެންގޮސްފަ އެވެ. މި ޕްރޮގްރާމްތަކުގައި ހުރިހާ ގްރޭޑަކަށް މިނިސްޓްރީން ކަނޑައަޅާފައިވާ ޓައިމްޓޭބަލަކަށް ކިޔަވައިދެ އެވެ.