މިނިސްޓްރީ އޮފް އެޑިއުކޭޝަން

ޓެކްނޮލޮޖީ އާއި ފަންނީ ހުނަރުތަކަށް ދަރިވަރުންގެ ލޯތައް ހުޅުވަންޖެހޭ: އައިޝަތު އަލީ

ސްކޫލެއްގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަ ދައްކަވަނީ -- ފޮޓޯ؛ ރައީސް އޮފީސް
0%
0%
0%

ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރުންތަކެއް ތަމްރީންކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީ އާއި ފަންނީ ހުނަރުތަކުގެ ތެރެއަށް ދަރިވަރުންގެ ލޯތައް ހުޅުވަންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ އުނގަންނައިދިނުމަށް ކުރިން ބޭނުންކުރި ގޮތަށް މިއަދު އުނގަންނައިދީގެން ފަރުޖައްސާލެވެން ނެތް ކަމަށެވެ.

"މިއަދު އަޅުގަނޑުމެން ކުރިމަތިލާފައި މިވަނީ 21 ވަނަ ގަރުނުގެ އުފެއްދުންތެރި ވިސްނުމާ. އިއްޔެ އަޅުގަނޑުމެން އުނގަންނައިދިން ގޮތަށް މިއަދު އުނގަންނައިދީގެން ފަރުޖައްސާލެވޭކަށް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދަރިވަރުންގެ ކުރިއެރުމަށް ކުރެވޭ މަސައްކަތަކީ އެންމެ ބޮޑު ސަމާލުކަމެއް މިއަދުވެސް ދެމުންގެންދާ މަސައްކަތް ކަމަށެވެ.

"ރަސްމީ ތައުލީމުގެ ނިޒާމުގެ ތެރެއަށް ސްޓެމް އެޑިޔުކޭޝަން ތައާރަފުކުރުމާއި ވޮކޭޝަނަލް ސެންޓަރުތައް ތައާރަފުކުރުމުގެ ބޭނުމަކީ މިއީ،" އައިޝަތު ވިދާޅުވި އެވެ.

މިނިސްޓަރު އައިޝަތު ވިދާޅުވި ގޮތުގައި މިހާރު ކުރިއަށް ގެންދާ ލީޓްރަސީ، ނިއުމަރަސީ ޕްރޮގްރާމް "ލޭމްޕް"ގެ އަމާޒަކީ ހަގީގީ މާނައިގައި ލިޔަންކަން ދަންނަ، ހަގީގީ މާނައިގައި ދިރުއުޅުމަށް ތައްޔާރުވެގެން ގައުމަށް ހިދުމަތްކުރަން ނުކުންނަ ދަރިއަކަށް ދަރިވަރުން ހެދުން ކަމަށެވެ.

ފެންވަރު ރަނގަޅު ދަރިވަރުން މުދައްރިސުކަން ހިޔާރު ނުކުރުމާއި މުދައްރިސުން މަސައްކަތް ކުރަންޖެހޭ މާހައުލުގެ ސަބަބުން މި ދާއިރާއަށް އޮތް ޒަމާންވީ ޝައުގުވެރިކަން ނެތެމުންދާކަން ޔުނެސްކޯ އިންވެސް ފާހަގަކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910