ޓީޗަރުން

ރާއްޖޭގައި ކިޔަވައިދޭ 72 ޕަސެންޓް ޓީޗަރުންނަކީ އަންހެނުން

ރާއްޖޭގައި ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންގެ އާބާދީގެ 72 ޕަސެންޓަކީ އަންހެނުން ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކައފިިއެވެ.

ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި އިއްޔެ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ނެރިފައިވަ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ ސްކޫލުތަކުގއި 10615 ޓީޗަރުން ދަނީ ވަޒީފާ އަދާކުރަމުން ނެވެ. އޭގެ ތެރެއިން 28 ޕަސެންޓަކީ ފިރިހެނުންނެވެ. އަދި 72 ޕަސެންޓަކީ އަންހެނުންނެވެ.

މިދިޔަ އަހަރު ލިބިފައިވާ މައުލޫމާތުތަކަށް ހަވާލާތީ ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިންއިން ބުނެފައި ވަނީ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރުންގެ އާބާދީގެ 20 ޕަސެންޓަކީ އަން ޓްރެންއިންޑް މީހުން ކަމަށެވެ. އަދި 80 ޕަސެންޓަކީ ޓްރެންއިންޑް މީހުން ކަމަށެވެ.

ރާއްޖޭގައި ކިޔަވަދެމުން އަންނަ މުދައްރިސުންގެ ތެރެއިން ކޮންމެ ނުވަ ދަރަވަރަކަށް ހުންނަނީ އެންމެ ޓާޗަރެއް ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ. މީގެ ތެރެއިން އަތޮޅުތަކަށް ބަލާއިރު ކޮންމެ ހަތް ދަރިވަރަކަށް ހުންނަނީ އެންމެ ޓީޗަރެކެވެ. އަދި މާލެއިން ކޮންމެ 12 ދަރިވަރަކަށް ހުންނާނީ އެއް ޓީޗަރެކެވެ.

އަތޮޅުތަކުގެ ސްކޫލްތަކުގައި 5965 ދިވެހި ޓީޗަރުން ވަޒީފާ އަދާކުރަމުންދާއިރު 1737 ބޭރު ޓީޗަރުން ވެސް ކުދިނަށް ކިޔަވައިދެމުން ދެއެވެ. މާލެގެ ސްކޫލްތަކުގައި 2536 ދިވެހި ޓީޗަރުން އަދި ބޭރުގެ 377 ޓީޗަރުން ސްކޫލްތަކުގައި މަސައްކަތް ކުރަމުން ދެއެވެ. ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުން 20 ޕަސެންޓަކީ ބޭރު މީހުންނެވެ.

މާލޭގެ ސްކޫލުތަކުގައި ކިޔަވަދެމުންދާ 82.1 ޓީޗަރުންނަކީ އަންހެނުންނެވެ. އަދި 68.6 ޕަސެންޓް އަންހެން ޓީޗަރުން އަތޮޅުތަކު ސްކޫލްތަކުގައި މަސައްކަތް ކުރަމުން ދެއެވެ. ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދެމުންއަންނަ ކޮންމެ 10 މުދައްރިސަކުން 7 މުދައްރިސަކީ އަންހެނުންނެވެ.