ހަބަރު

"ޓެކްނޮޮލޮޖީގެ އެހީގައި ޓީޗަރުން ގާބިލު ކުރުވަން ޖެހޭ"

މިއަދުގެ އޮތް ހާލަތަކީ ފުރުސަތެއް ކަމަށް ބަލައި ޓެކްނޮޮލޮޖީގެ އެހީގައި ޓީޗަރުން ގާބިލު ކުރުވަންޖެހޭ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ވަހީދު މިއަދު ވިދާޅުވީ ތައުލީމީ ދާއިރާ އޮތީ ދަތި ހާލެއްގައި ނަމަވެސް، މިއީ އެ ދާއިރާ ބަދަލު ކުރަން ލިބޭ ފުރުސަތެއް ކަމަށެވެ. ޓީޗަރުންނަށް އިންވެސްޓުކޮށް ޓެކްނޮލޮޖީ އާއި އާ ހުނަރުގެ އެހީގައި ޓީޗަރުން ގާބިލު ކުރުވާ ތައުލީމީ ދާއިރާ ބަދަލު ކުރަން ޖެހޭ ކަމަށް ވެސް މިއަދު ފާހަގަ ކުރާ ޓީޗަރުންގެ ދުވަހާ ގުޅުވައި އެ މަނިކުފާނު ވިދާޅުވި އެވެ.

ދުވަހާ ގުޅުވައިގެން ރައީސް އިބްރާހިމްމުހައްމަދު ސޯލިހް މިއަދު ވިދާޅުވީ، މިއަދު ތިބި ހިސާބަށް އައުމަށް ދެމެހެއްޓެނިވި ހެޔޮ އަސަރެއް ކުރުވި ބަޔަކީ މައިން ބަފައިންނަށް ފަހުގައި ޓީޗަރުން ކަމަށެވެ.