ހުޅުމާލެ

ކާރަކަށް ގެއްލުން ދީފި

Jun 12, 2020
2

ހުޅުމާލޭގައި ޕާކްކޮށްފައި އޮތް ކާރަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ މިއަދު ހުށަހެޅި އެ މައްސަލަ ބަލާއިރު އެ ކާރުގެ ފަހަތު ޓެއިލް ލައިޓަށް ގެއްލުން ދީ ބިއްލޫރިތައް ތަޅާލައިވާ ކަމަށެވެ.

ގެއްލުން ދިން ކާރުގެ ފޮޓޯތަކަކާއެކު އެ ކާރުގެ ވެރި މީހާ ޓްވީޓެއް ވެސް ކޮށްފައި ވެއެވެ. އެނާ ބުނެފައި ވަނީ އެނާއަކީ "ދުވަހެއްގައިވެސް މީހަކަށް އަނިޔާއެއް ދިން މީހެއް ނޫން" ކަމަށެވެ.

"އަޅުގަނޑުގެ ކާރަށް މިހާބޮޑު ގެއްލުމެއް ދޭންޖެހުނު ސަބަބު އެއްގޮތަކަށް ވެސް ނުވިސްނުނު. ދެފަރާތު ބިއްލޫރިއާއި ސައިޑް ލައިޓް ތަޅާލައި މިހާބޮޑު އަނިޔާއެއް އަޅުގަނޑަށް ދިން މީހާއަށް ކޮން އުފަލެއްބާ ލިބުނީ؟" އޭނާ ބުނެފައި ވެއެވެ.