ހަބަރު

ކާށި ހޮވަން ދިޔަ ބަޔަކު ހާލުގައި ޖެހިއްޖެ

ހދ.މާވައިދޫއަށް ކާށި ހޮވަން ދިޔަ ބަޔަކު މޫސުން ގޯސްވެ ހާލުގައި ޖެހިގެން އެމްއެންޑީއެފް ނޮދަން އޭރިއާ އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ ކާށި ހޮވަން ދިޔަ ބަޔަކު މޫސުން ގޯސްވެ ހާލުގައި ޖެހުނު ކަމުގެ ރިޕޯޓު މިއަދު 17:35 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މި ހާދިސާގައި މޫސުން ގޯސްވެ ހާލުގައި ޖެހިފައިވަނީ ހދ.ކުމުންދޫއިން މާވައިދޫއަށް ކާށި ހޮވަން ދިޔަ 10 މީހެއް ކަމަށާއި މި މީހުންގެ ތެރޭގައި ހަތް ފިރިހެންނުންނާއި ތިން އަންހެނުން ހިމެނޭ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މީގެ އިތުރުން އެމްއެންޑީއެފް އިން ބުނީ މި މީހުން ކުމުންދޫއަށް އެނބުރި ނުދެވިފައިތިބީ މޫސުން ގޯސްވެ ކަނޑުގަދަވުމާ ގުޅިގެން ދަތުރު ނުކުރެވިގެންކަމަށެވެ.

ހާޅުގައި ޖެހުނު މީހުން ގޮވައިގެން ސިފައިންނަށް އަދި ކުމުންދޫ އަށް ނުދެވޭ ކަމަށާއި ކަނޑުގަދަ ވުމުގެ ސަބަބުން ދަތުރު ނުނިމި އަދި ތިބީ ކަނޑުމަތީގައި ކަމަށްވެސް އެމްއެންޑީއެފް އިން ބުނެ އެވެ.