(19 ޖޫން 2020 އާ ގުޅޭ)
"އައި ލައިކް ޔޫ މޯ ދެން ޕީޒާ... މޯ ދެން ޗޮކުލެޓް" ކެންޒާ ސިއްރެއް ބުނެލާފަދައިން ބުނެލިއެވެ. ލައިތުގެ ލުއި ހީނލުމުގެ އަޑު ގުގުމާލިއެވެ.
"އިޓް ސައުންޑް ވިއާޑް" ކެންޒާ ބުނެލިއެވެ.
"ލެޓްސް ބީ ވިއާޑް ޓުގެދާ." ކެންޒާގެ ނިތުގައި ބޮސްދެމުން ލައިތު ބުނެލިއެވެ.
މާނަވީ ހިނިތުންވުމެއް ކެންޒާގެ ތުންފަތުގައި ވިއެވެ. ހަޤީޤަތް ހާމަކުރުމުން ލައިތުގެ ފުށުން ފެންނަމުންދިޔަ، އާދަޔާ ޚިލާފު ލޯބިވެތި ސިފަތައް ދުށުމުގެ ފުރުޞަތު ގެއްލިދާނެތީ ކެންޒާއަށް ވިސްނާލެވުނެވެ. ޢާންމުކޮށް ފެންނަ ލައިތަށްވުރެ މިރޭ ކެންޒާގެ ކުރިމަތީގައި ހުރި ލައިތު މާބޮޑަށް ވެސް ޝައުގުވެރިއެވެ. ކެންޒާގެ ހިތް ޔަގީނުން ވެސް ލައިތު މިލްކުކޮށްފިއެވެ. ހަރުކަށިކަމެއް ބިރުދެއްކުމެއް ލައިތުގެ ޢަމަލުތަކުގައި ނުވެއެވެ. އެހެންނަމަވެސް ޒުވާންކަމުގެ ޖޯރާއި ހިތްއަވަސްކުރުވާ ހުރިހާ އަސަރެއް ލައިތުގެ ފުށުން ފާޅުވެއެވެ.
"ކީއްވެ އެއްޗެކޭ ނުބުނީ... ތިހެން ތިބަލަނީ، އަހަރެންގެ ކެތްތެރިކަން ހުރިވަރެއް ދެނެގަންނަންތަ؟. މިހާރު ވެސް އަހަރެންގެ އަމިއްލަ ނަފްސު ހިފަހައްޓަން ކުރާ ހަނގުރާމަ ކެންއަށް އެނގޭނަމަ ތިހެން ނުބަލާނެ، އަހަރެންގެ ޚިޔާލުތައް، މަންޒަރުތަކެއްހެން ފެންނަނަމަ ތިއަންހެންކުއްޖާ އަހަރެންނާ ދުރަށް، ފިލަން ދުވާނެ... އެހެންވާކަށް އަހަރެން ނޭދެން. އޭގެ ކުރިން އަހަރެންގެ މީހަކަށް ވުން އެދެނީ... ސޯ ޓެލް މީ..." ލައިތުގެ ވައަތުގެ އިނގިލިތަކުގެ ނުފުށުން ކެންޒާގެ ކޯތާފަތުގައި ފިރުމާލިއެވެ.
"ކީކޭ ބުނަންވީ؟" ކެންޒާ އަހާލިއެވެ.
"އަހަރެންގެ މީހަކަށް ވެދާނަންތަ؟" ލައިތު ސާފުކޮށް އެއްސެވެ.
"އަހަރެން ލައިކްވެޔޭ ބުނީމެންނު" ނަޒަރު ސީދާކޮށްލަން ނުކެރި ކެންޒާ ހުރީ އިސްޖެހިފައެވެ.
"އެނގޭ... އަހަންނާއެކު ވުމަށް، އަހަރެންގެ ގާލްއަށްވާން، ޕެންޑާގެ ބޯއިފްރެންޑްއާ ބްރޭކަޕްވެދާނަންތަ؟" ލައިތު ބޭނުންވާގޮތް ބުންޏެވެ. ލައިތުގެ ޝައްކުތަކަކީ ކޮބާކަން ކެންޒާއަށް ނަގައިގަނެވުނީ ދެނެވެ. އޭނާ އުޅެނީ ކުއްޖަކާ ރައްޓެހިވެގެންނޭ ބުނީއްސުރެ އެ ދޮގު ލައިތު އެ ހުންނަނީ ޤަބޫލުކޮށްގެންނެވެ.
"އަވަހެއްނޫންތަ؟..." ކެންޒާ ބުނެލިއެވެ. އޭނާ ލައިތުގެ ކޮންމެ އެދުމެއް ޤަބޫލުކުރަން ބޭނުމެވެ. އެހެންނަމަވެސް ކުއްލިއަކަށް އެހާ ކުޑަމުއްދަތެއްގެ ތެރޭ ލައިތަށް އޭނާ އެހާ ބޮޑަށް ކަމުދިއުމަކީ ވެދާނޭ ގޮތެއްބާއޭ ސުވާލު އުފެދެނީއެވެ. އޭނާ ފަދަ އަންހެންކުއްޖަކަށް ހޭލާ ހުއްޓާ ފެންނަ ހުވަފެނެއް ފަދައެވެ. އެހެންނަމަވެސް ލައިތަކީ ހުވަފެން ބެލުމަށްވުރެ ހަޤީޤީ ދުނިޔެއިން ކަންކަން ހާސިލުކުރާނޭ ފަދަ ޒުވާނެކެވެ.
"އައި ވޯންޓް ރަޝް އަޕޯން ޔޫ، ބަޓް ސްޓިލް، އައި އޭމް ޓޫ އިމްޕޭޝަންޓް ޓު ވެއިޓް ދެޓް ލޯންގް ފޯ ޔޫ ޓު ބިކަމް މައިން... ލަވް!، މީ އަހަރެމެން ބައްދަލުވި ފުރަތަމަ ފަހަރެއްނޫން، އައި ޑޯންޓް ވޯންޓް ޓު ލޫސް ޔޫ، އައި ވޯންޓް ލެޓް ދެޓް ހެޕެން، އައި ޕްރޮމިސް، އައި ވިލް ޕްރޮޓެކްޓް ޔޫ، ނޯ މެޓާ ވަޓް... ވިލް ޔޫ ޓްރަސްޓް މީ" ކެންޒާއާ ބައްދަލުވުމަށްފަހު ލައިތުގެ ހައްޤަށް ހެދުމަށް އޭނާ ނުހަނު ބޭނުންވެފައި ވެއެވެ.
"ވީވާ ޖަސްޓް ޓީނޭޖާސް... ސޯ ޑިފަރެންޓް، ޔަންގް އެންޑް އިނޮސެންޓް... ނޮޓް އެވެއާ އޮފް ދި ރިއަލް ވޯލްޑް، އިޓްސް އަގްލިނެސް، ޕެއިން... ސޮރޯ... އީވަން ލަވް، ލޯބި... އޭރު އެއީ ހަމައެކަނި އިވޭ ލަފުޒެއް، އޭގައި ހުރި އަސަރަކާއި ޖަޒުބާތަކީ ކޮބައިކަން އެނގޭ ވަރަށްވުރެ ސިކުނޑިތައް ޅަ... އެހެންވިޔަސް، އަންހެން ކުދީންގެ ތެރެއިން އަހަރެންގެ ސަމާލުކަން ކެން ހޯދި، އެންމެނަށްވުރެ ޚާއްޞަވި... ގާލް، ޔޫ އާ މައި ފަސްޓް ކްރަޝް... އައި އޭމް ސޮރީ، އައި ހޭވް ޓު ލީވް ޔޫ... ހަނދާނުން ފުހެލީ ގަސްދުގައި، ބަޓް ނައު އައި ވޯންޓް ޔޫ ބެކް. ޔޯ ފްރޮގް ޕްރިންސް ހޭސް ރިޓާން، ޔޫ ޕްރޮމިސް ޔޫ ވިލް ކިސް މީ، ހައި ހޭވް އެވްރިތިންގް ނައު... ޕްލީޒް ފޯން އިން ލަވް ވިތް މީ" ލައިތުގެ ހިތުގައި ވިއެވެ. އޭނާ ކެންޒާގެ ނިތުގައި ބޮސްދިނީ މާޒީގެ އެ ޚިޔާލުތަކުގައި ހުރެއެވެ. އިހުނަށްވުރެ ބާރަށް އެ ދެއަތުގެ ތެރޭ ކެންޒާ ހިފަހައްޓާލީ ދޫކޮށްލަން ނޭދޭތީއެވެ.
"ލައިތު" ކެންޒާ ލަސްގޮތަކަށް ގޮވާލިއެވެ. ދުރަށް ޖެހިލުމާއެކު އެ މޫނަށް ލައިތު ބަލާލިއެވެ. ދެ ޒުވާނުންގެ ހަތަރުކަޅި ބައްދަލުވެލިއެވެ. ދުލުން ބުނުމަކާނުލާ ވެސް ކެންޒާ ގާތު ވާހަކަދެއްކުމަށް ލައިތު އެދުނެވެ.
"އަހަރެން ހުރިހާ އެއްޗެއް ދޫކޮށްލާފައި އައީމަ، ލައިތު އަހަރެން މަތިން ފޫހިވެއްޖެއްޔާ، އަހަންނަށް ހީވަނީ އަހަރެން ނުވާނެހެން ލައިތު ގުޅެން ބޭނުންވި ފުރަތަމަ އަންހެންކުއްޖާއަށް" ކެންޒާ ބުނަން ބޭނުންވަނީ ކީކޭކަން ލައިތު ނުހަނު އަވަހަށް ދެނެގަތެވެ.
"އެކަމަކު އަހަރެން ވަޢުދުވަން، ތީ އަހަރެންގެ ހަޔާތަށް އަންނާނޭ އެންމެ ފަހު އަންހެންކުއްޖާ، މީހުން ކިޔާނޭ އެއްޗަކާމެދު، އެމީހުން ދެކޭނޭ ގޮތާމެދު ނުވިސްނާ، އަހަރެން ދުރަކަށްނުދާނަން، މިއަތުގައި ހިފައިގެން ހުރެ އެއިން ކޮންމެ މީހަކަށް އަހަރެން ރައްދުދޭނަން، އަހަރެންގެ މައްޗަށް ނިންމުން ނިންމަން، އަހަންނަކީ މިހާރު ކުޑަކުއްޖެއްނޫން... އެދުވަސް ހިނގައްޖެ، މީ އަހަރެންގެ އަމިއްލަ އިޚްތިޔާރު، އަހަރެން ބޭނުންވާގޮތް، ޔޫ އާ މައި ބެސްޓް ޗޮއިޒް" ލައިތުގެ އަޑުގައިވީ ޔަގީންކަމެވެ. ޚުދު ކެންޒާއަށް އޭނާގެ ހިތް އެނގޭވަރަށްވުރެ ބޮޑަށް ލައިތަށް އެނގޭ ކަހަލައެވެ.
"ޔޫ އާ އޯލްވޭޒް ބިއުޓިފުލް... މައި ކިއުޓް ޕެންޑާ..." ކެންޒާގެ އެންމެ ބޮޑު ބަލިފަޔަކީ އޭނާގެ ބިޔަ ހަށިގަނޑާއި ސޫރަކަން ލައިތަށް ވިސްނެއެވެ. އެހެން އަންހެންކުދީންފަދަ އަންހެންކުއްޖެއްކަން ކެންޒާއަކީ ލައިތު ބުނެދޭން ބޭނުމެވެ. އަދި އޭނާއަށް އޭނާގެ ރީތިކަން އިޙްސާސްކޮށްދޭން ވެސް ލައިތު ބޭނުންވެއެވެ. ހަމައެއާއެކު އެހެން ފިރިހެނަކަށް ކެންޒާ ކަމުނުދާނަމަ އެއީ އެމީހެއްގެ ވިސްނުމުގެ ހަނިކަމެވެ. ރީތިކަން އެންމެން މިނަނީ ބުރަސޫރައަށް ބަލާފައެއްނޫނެވެ. ހިތްތަކުގައި ލޯބީގެ ވިންދު ޖަހަނީ އެދުންވެރިކަމެއް އޮވެގެނެއްނޫނެވެ. އެ ލޯތްބަށް ސޫރައަށްވުރެ މީހާގެ ޠަބީޢަތާއި ރޫހުގެ ސާފުކަން މުހިންމެވެ.
ކެންޒާ ވިސްނަން ބޭނުންވާނަމަ ވަގުތުދޭން ލައިތު ހުރީ ތައްޔާރަށްކަން އޭނާ ހާމަކުރީ ހިތާ ދެކޮޅަށެވެ. ގުޅުމެއްގެ ތެރެއިން އިތުރު ގުޅުމެއް ފެށުމަކީ ލައިތު އެދޭ ގޮތެއްނޫނެވެ. އެހެންވިޔަސް އޭނާގެ އަމިއްލަ ދިރިއުޅުމުގައި އެ އުސޫލުތައް ބޭނުންނުކުރާކަން ޟަމީރު ހަނދާންކޮށްދިނެވެ. ލައިތުއާއެކު އައު ގުޅުމެއް ފެށުމަށް ކެންޒާ އަންނައިރު ލައިތު ހުރީ ކެންޒާއަށް ޓަކައި ހުސްވެގެނެއްނޫނެވެ. އޭނާ އެގޮތް ބޭނުންވީ ނަމަވެސް ހިރާއާ ކުރިމަތިލާނޭ ގޮތަކާމެދު އަދިވެސް އޭނާ ވިސްނަނީއެވެ. ދެމެދުގައި އޮތް ގުޅުމަކީ، ހަށިގަނޑުގެ އެދުން ފުއްދާލުމަށް އުފެދިފައި އޮތް ގުޅުމެއްކަން ލައިތަށް އެނގެއެވެ. އޭނާ ބޭނުންވަނީ ހިރާއަށް ވެސް އެހެން ވިސްނުމެވެ. އެ ދެމެދުގައި އޮތީ އެއްވެސް ޚާއްޞަކަމެއްނެތް، ކުޑަ ވެސް ލޯބީގެ އަސަރެއްނެތް ގުޅުމެއްކެމެވެ. އެއްވެސް އިރަކު ދާއިމީ ބައިވެރިއަކަށް ހިރާ ހެދުމުގެ ޝައުގެއް އަދި ވިސްނުމެއް ވެސް ލައިތުގެ ނެތެވެ.
ކެންޒާ ގޮވައިގެން ލައިތު އިމާރާތުން ނުކުތެވެ. ލައިތުގެ ކާރުގައި ކެންޒާ ގެއަށް ލައިދޭން އޭނާ އައެވެ. ދަތުރު މާބޮޑަށް ވެސް ކުރުހެން ލައިތަށް ހީވެގެން އޭނާ ދުއްވީ ދުރު މަގުތަކުންނެވެ. ކާރުގައި އިނދެފައި އެނާ ކެންޒާގެ އަތުގައި ހިފުމަށް އަތްދިއްކޮށްލިއެވެ. ކެންޒާ ދެއަތް އުރާލައި ދޮރުފަތުގެ ބިއްލޫރި ގަނޑުން ބޭރަށް ނަޒަރު ހުއްޓާލިއެވެ. ލުއި ހިނިތުންވުމެއް ލައިތުގެ ތުންފަތުގައި ވިއެވެ. އޭނާގެ އަތް ތިރިކޮށްލި ގޮތަށް ކެންޒާގެ ފަލަމަސްގަނޑުގައި ބާއްވާލިއެވެ. އެހިނދު ކެންޒާ ހީވީ ކަރަންޓު ޝޮކެއް ލިބިގެން ވިއްސައިދިޔަ މީހަކު ހެންނެވެ. ގޮނޑީގައި އިނދެ ފުންމައިގަތް ވަގުތު މަތީގައި އޭނާގެ ބޯޖެހުނީ ނުހަނު ބާރަށެވެ. އެހާވަރަށް ކެންޒާ ސިހޭނޭކަމަށް ލައިތު ހިޔެއްނުކުރެއެވެ.
"ހީލިއެރީތަ؟." ލާނެތް ހިންޏެއް އައިސްފައި އިނދެ ލައިތު ބުނެލިއެވެ.
"ޝަޓްއަޕް...ސްޓޮޕް ޓަޗިން މީ" ލައިތުގެ މޫނުން އޭނާގެ ޚިޔާލުގައިވަނީ ކީކޭކަން ކެންޒާއަށް ކޮންމެވެސް ވަރަކަށް އެނގުނީއެވެ. ރަތްކަމެއް އެ ކޯތާފަތުން ފާޅުވެލިއެވެ. ހަށިގަނޑުގެ މެދުގައި ނޭނގޭ ވިންދެއް އުފެދުނުކަން ކެންޒާއަށް އެނގުންވެއްޖެއެވެ.
"ގެއަށް ގެންދާކަށް ބޭނުމެއްނޫން" ހުންގާނުގައި ދެއަތުން ހިފަހައްޓާލައި ލައިތު ބުނެލިއެވެ.
"އަހަރެން ގެއަށް ދާން ބޭނުން" ކެންޒާ ބުންޏެވެ.
"އަހަންނާއެކު އަހަރެންގެ ގެއަށް ދާންވީނު" ލައިތު ބުނެލިއެވެ.
"ކޮންބޭނުމަކު؟" ކެންޒާ ސުވާލުކުރިއެވެ. ލައިތު ހީނލި އަޑު އިވުނެވެ.
"އަހަރެންގެ ގާތުގައި ބަހައްޓަން" ހިނިތުންވުމާއެކު ލައިތު ބުނެލިއެވެ.
"ބުދެއް ހޯދަންވީނު" ކެންޒާ ބުންޏެވެ.
"އަހަރެން އަތްލީމާ އޭގައި އެއްވެސް އަސަރެއް ނުހުންނާނެ... ޕެންޑާއަކާ އެއްވަރެއްނުވާނެ. ލަދުންނެއްނޫޅޭނެ، އަތްލަފާނެތީ ބިރުންނެއްނޫޅޭނެ، ބޭނުންވެހުރެ ވެސް ނޫނެކޭ ބުނާނެ އަނގައެއް ނޯންނާނެ، އަހަންނަށް ތިގޮތަށް ޖަވާބެއް ނުދޭނެ، ތިހޫނުކަން އިޙްސާސެއްނުވާނެ" ލައިތުގެ ވާހަކަތަކުން އޭނާގެ ކޮނޑުގައި ކެންޒާ ޖެހިއެވެ.
"ވިލް ޕްލީޒް ސްޓޮޕް" ކެންޒާ ބުނެލިއެވެ. ލައިތު އެކަހަލަ އެއްޗެހި ކީމާ ކެންޒާ ލަދުގަނެއެވެ. އޭނާއަށް އަންނަ ބަދަލުތަކަކީ މުޅިން އަލަށް ކުރާ ތަޖުރިބާތަކެއްކަން ލައިތަށް އެނގޭކަށް އޭނާ ނޭދެއެވެ.
"ދެން ދަނީތަ؟" ކެންޒާގެ ގޭ ކައިރިއަށް ކާރު މަޑުކޮށްލުމާއެކު ލައިތު ބުނެލިއެވެ. ކެންޒާ ހޫން ލައްވާލިއެވެ. އަދި ދޮރުފަތް ހުޅުވާލިއެވެ. އެވަގުތު އޭނާގެ އަތުގައި ލައިތު ހިފައި ދަމާލިއެވެ. ހުޅުވުނު ދޮރު އަލުން ލެއްޕުނީއެވެ. ކާރުތެރޭގައި ހިނގާ އެއްވެސް ކަމެއް ބޭރަށް ނުފެނެއެވެ. އެކަމަކު ކާރުގެ ކުރިމަތީގައި މީހަކު ހުރިނަމަ ލައިތުގެ ޢަމަލުތައް ނުފެނިއެއް ނުދާނެއެވެ.
"ހެނދުނު ބަލާ އަންނަންތަ؟" ލައިތު އަހާލިއެވެ.
"ނޯ... ދެން ދޭ" ކެންޒާ ރުންކުރު ގޮތް ދައްކާލިއެވެ. ލައިތު ހީނގަތެވެ.
"ރުޅި އައީތަ؟... މިރޭ ހަތަރުދަން އަހަރެންނަށް ޕެންޑާއެއް ނުފެންނާނެ، ދިއުމުގެ ކުރީން ޕެންޑާ ނުދޭނެކަން އެނގޭތީ އަހަރެން އަމިއްލައަށް އެ ހަދިޔާ ހޯދީ. އަނބުރާ ދޭންވީތަ؟" ލައިތު އަރިވެލިއެވެ.
"ނޫޅެން..." ކެންޒާ ނިކަން އަވަހަށް ބުނެލިއެވެ. އަދި ދޮރުފަތް ހުޅުވާލައި ފޭބިއެވެ. ކާރުތެރެއިން ލައިތުގެ ހުނުމުގެ އަޑުއިވެއެވެ. ދޮރުފަތް ލައްޕާލަން އުޅެފައި ވެސް ކެންޒާ ބަލާލިއެވެ. އެހިނދު ލައިތުގެ ހުނުން ވެސް ކެނޑިއްޖެއެވެ.
"އަހަރެން އިންތިޒާރުކުރާނަން" ސީރިއަސްކަމާއެކު ލައިތު ބުނެލިއެވެ. އޭނާއަށް ބަލަން ހުރި ކެންޒާ ބޯޖަހާލިއެވެ. އޭނާއަށް ލައިތު އިންތިޒާރުކުރުމަށް އެދޭތީއެވެ.
"ގުޑްނައިޓް... ބަލައިގެންދައްޗޭ" ކެންޒާ ބުނެލިއެވެ. އޭނާގެ އެ ވަކިވުމުގެ ސަލާމް ލައިތަށް ކަމުދިޔައެވެ.
* * * * *
ހުޅުވުނު އެލެވޭޓާއިން ލައިތަށް ނުނިކުމެވެނީސް ހުނުމުގެ އަޑު އޭނާގެ ކަންފަތުގައި ޖެހިއްޖެއެވެ. ސޯފާތަކާ ދިމާއަށް އޭނާއަށް އައިސް ހުއްޓިލި ވަގުތު މޫނާ ދިމާއަށް އައި ކުޑަ ބާލީސް ކުޅަދާނަކަމާއެކު ލައިތު ހިފިއެވެ. ސެހްރާނާއި ލައިރާ އެތިބީ އޮލަ ވާހަކައެއްގައިކަން އެނގެއެވެ.
"ކިތަންމެ ސިއްރުން އުޅުނަސް ފަޅާއަރާނެ" ލައިރާ ބުންޏެވެ.
"ދެން ކޮންއިރަކުން ދައްކާނީ" ލައިރާ އަނެއްކާ ވެސް ބުންޏެވެ. އެމީހުން ހީކުރި ފަދަ އެއްވެސް ސިހުމެއް ލައިތުގެ މޫނުން ފާޅެއްނުވިއެވެ.
"ތިދައްކަނީ ކޮންވާހަކައެއްކަމެއް ނޭނގޭ" ލައިތު ބުންޏެވެ.
"ބްރޯ، އިށީނދެބަލަ" ސެހްރާނު ބުންޏެވެ.
"މާލެ އައީމަ ހީކުރީ ފެންނާނޭކަމަށް... ކޮބާތަ އެ އަންހެންކުއްޖާ؟" ލައިރާ އެއްސެވެ. ލައިތުގެ ނަޒަރު ހުއްޓުނީ ސެހްރާނަށެވެ.
"ސެހެރް ވާހަކަ ހަދަނީ" ލައިތު ބުނެލިއެވެ.
"ސެހެރް ދޮގެއް ނުހަދާނެ... އަހަންނަކީ ފެންވަރުގެ ބްލެކްމެއިލަރެއްކަން ހަނދާންނެތުނީތަ؟. ލައިތަށް އަބަދަކު ނުފޮރުވޭނެ." ލައިރާގެ އަޑުގައިވަނީ ސަމާސާގެ އަސަރެވެ.
"އަހަރެން ނެތިސް އަހަރެންގެ ވާހަކަ ދޯ ތިދައްކަނީ" ލައިތު ބުންޏެވެ.
"ދޮންގެ ކަންތައް އިނގޭ. ހަމަ ހުވާ!... އަހަރެން ބުނެފީމޭ ނޭނގެޔޭ އެކުއްޖެއް" ސެހްރާނު ނިކަން އަވަހަށް ބުންޏެވެ.
"ކެން ވެސް އުޅެނީ މަށަށް ވަރަށް ސިއްރުކުރާނަމޭ ހިތާ، މިއެންމެން ވެސް ހީކުރަނީ އަހަންނަކަށް ނޭނގޭނޭ" ލައިރާގެ ވާހަކައަށް ލައިތުގެ ސަމާލުކަން ވަގުތުން ހުއްޓިއްޖެއެވެ. އެމީހުންގެ އެ މައުޟޫޢުއާ ބައިވެރިނުވާން ގަސްދުކޮށްގެން އިން ލައިތުގެ ނިންމުން ބަދަލުކުރިއެވެ.
"އޭނާ ކިހިނެއްވީ؟" ލައިތު އެއްސެވެ.
"ލޯބި ބިޓެއް އިނގޭ އެއީ... އަހަރެން ފުރަތަމަ ހީކުރީ ކެންގެ ބްރަދާއެކޭ" ލައިރާގެ ސިކުނޑީގައިވީ ކެންޒާގެ ގޭ ދޮރޯށި ކައިރީ ހުރި ފިރިހެންވަންތަ ޒުވާނާއެވެ. ލައިތުއަށް ދަތްކުނޑިވިކާލެވުނީ ބޭއިޚްތިޔާރުގައެވެ.
"އާ ޔޫ ޝުއާ" ލައިތު އެއްސެވެ.
"ސެހެރް ވެސް ޤަބޫލެއްނުކުރި... އެކަމަކު ބުނަން، ޔޫ ގާއިޒްއާ ނަތިން، އޭނާ ހާދަ ހެންޑްސަމްއޭ، މިގޭ އެންމެ ހެންޑްސަމްއީ ލައިތުއާއި ބައްޕަ، އެކަމަކު ތިމީހުން ވެސް ނުވާނެ އެކައްޗަކަށް ވެސް، އަހަރެން މެރީޑްނޫންނަމައެއްނު" ލައިރާގެ ބަސްތައް، ލައިތުގެ ހިތަށް ހެރުނު ބިއްލޫރިކޮޅުތަކެއް ފަދައެވެ. ކެންޒާ ގާތު އެމީހަކާ ވަކިވުމަށް ބުނެފައި އޭނާ އައިސް އެއިނީ ކުޑަވަގުތުކޮޅެއް ކުރީންނެވެ. އެމީހަކު ހުންނަ ގޮތެއް ކިޔާނަމެއް ވެސް ލައިތު ނުދެނަހުއްޓެވެ.
"ދޮން ދުށީންތަ އޭނަ؟. އޭނާ މާލޭއަކުނެތެއްނު؟..." ލައިތުއަށް އަހާލެވުނެވެ. ލައިރާ ސިފަކޮށްދިނީ މިފްރާހެވެ.
"ލައިތު؟... ހާދަ ރުޅިގަދަވީ. ކިހިނެއް އެނގުނީ އޭނާ މާލޭގައި ނެތްކަން" ލައިތަށް ވީގޮތް ސެހްރާނަށް ފާހަގަވެއްޖެއެވެ.
"އޭނަ... އޭނާ ދެއްކި ވާހަކައެއްގަ އެކަހަލަ އެއްޗެއް ބުނީމަ" ލައިތު ނިކަން އަވަހަށް ބުނެލިއެވެ.
"އާން، އޭނާ ފުރައިގެން ހިނގައްޖެޔޭ ކެން ބުނި. ތިއެއްނޫނޭ، އަހަރެންގެ ބްރޯއެއް ކެން ބޭނުންވެގެން އުޅޭހެން ހީވެފަ އޮތީ" ލައިރާ ބުނެލިއެވެ.
"ވަޓް" މިފަހަރު ލައިތަށް ވެސް ހައިރާންކަމުގެ އަސަރު ފަރުދާއެއްނުކުރެވުނެވެ. އެކަކަށް ވެސް ކެންޒާއާ ގުޅުމެއް އޮތްކަން އެނގެން ލައިތު ބޭނުމެއްނޫނެވެ.
"ސަޕްރައިޒްޑް ދޯ... އެހާ މަޑުމަޑުން ހުރެފައި އޭނާ ކެންއަށް އިންޓްރެސްޓް ވެދާނޭ ހިޔެއްނުކުރަން، ދެރަވޭ އަނެއްކާ އޭނާގެ ހާޓް ބްރޭކް ވެދާނޭތީ" ލައިރާ ބުންޏެވެ.
"މަށެއްނޫން، އަހަރެން އެކަހަލަ ގޮތަށް ނުދެކެން، އެކަމަކު ކެންއަކީ ވަރަށް ނައިސް ގާލްއެއް، ވަރަށް ކައިންޑް ހާޓެޑް ކުއްޖެއް." ސެހްރާނު ބުންޏެވެ.
"ކާކުގެ ވާހަކަ ތިދައްކަނީ؟" ލައިތު ބުނެލިއެވެ.
"ޔާދިން... އޭނާ ނިކަން ސިއްރުން ކެންއަށް ބަލަން ހުއްޓާ އަހަރެންނަށް ފަޅާއެރީ" ނިކަން ހިނިއައިސްފައި އިނދެ ލައިރާ ބުންޏެވެ. ލައިތަށް ވަގުތުން ކޮޅަށް ތެދުވެވުނެވެ.
"ލައިތު" ސެހްރާނާއި ލައިރާއަށް ގޮވާލެވުނީ އެއްފަހަރާއެވެ. އޭނާ މަޑުކުރުމެއްނެތި ހަރުކޮށް ހިނގާފައި ގޮސް ކޮޓަރިއަށް ވަނީއެވެ.
"ޔާދުގެ ނަންކީމަ ކަންނޭނގެ" ސެހްރާނު ބުނެލިއެވެ.
"ދެމީހުން ތަޅައިގަތީ ކީއްވެކަން ސެހެރް ގާތު ބުނިތަ؟" ލައިރާ އަހާލިއެވެ. އެއާއެކު ސެހްރާނު ދެފަރާތަށް ބޯހޫރާލިއެވެ.
"ދޮންގެ ނިއު ބެސްޓްފްރެންޑަށް ކެން ވެއްޖެހެން ހާދަހީވޭ" ސެހްރާނު ބުންޏެވެ.
"ކެން ހުރޭ ޚާއްޞަ ގޮތެއް، ނޫންތަ؟." ލައިރާ ހިނިތުންވެލިއެވެ.
"ޒުބިން ނެތީމަ މިސްވެގެން ދޯ ތިއުޅެނީ... ގުޅަންދެންތަ ތިއިންނަނީ؟" ސެހްރާނު ބުންޏެވެ. ލައިރާ ވަކި އެއްޗެއް ނުބުންޏެވެ. އޭނާއަށް ބަލަން އިރުކޮޅަކު އިނދެފައި ސެހްރާނު ވާހަކަދެއްކިއެވެ.
"އަންކަލް ދެއްކި އަޑު އެހިން، ޓޫ ވީކްސް ތެރޭ ޒުބިން އާދެޔޭ... ދެދުވަހެއްވަރު ކުރީން އެއީ. މާމަ ގާތުގައި ދެއްކީ. އެއީ ތެދެއްތަ؟" ސެހްރާނު އަހާލިއެވެ.
"އާން." ލައިރާ އެއްބަސްވިއެވެ.
"ދޮން!." ލައިރާގެ ކިބައިން ކަމެއް ދެނެގަންނަ ފަދައިން އޭނާއަށް ބަލަން އިނދެފައި ސެހްރާނު ގޮވާލިއެވެ. ލައިރާގެ ނަޒަރު ސެހްރާނަށް ހުއްޓުނެވެ.
"އެކަނި މިކޮޅަށް ބަދަލުވީ ވަރަށް އަވަސްއަރުވާލާފައި، އަހަރެން ގާތު ދޮން ބަލާ އައިސްދިނުމަށް ބުނީ ހުރިހާ އެއްޗެއް ޕެކުކޮށް ރެޑީކޮށްފައި، އެއީ ދޮންގެ ގޮތެއްނޫން... ތި ދެމެދުގައި ކަމެއް ހިނގީތަ؟. ލައިތު ފާހަގަކުރި ދޮންއަށް ބަދަލުތަކެއް އަތުވެއްޖެކަން." ސެހްރާނުގެ އަޑުގައި ކުރިން ހުރި ސަމާސާކަން ކެނޑި ސީރިއަސްކަން ވިއެވެ.
"ބޭނުންވިޔަސް ނުވާނޭ ކަންކަން ހުންނާނެ ދޯ" ލައިރާ ބުންޏެވެ.
"ނޭނގުނު." ސެހްރާނު ނިކަން އަވަހަށް ބުނެލިއެވެ.
"އަދި އެނގޭނެ... ސެހެރް ރަނގަޅު ކުއްޖަކު ހޯދާކަށް ނުވޭތަ؟" ލައިރާ ވާހަކަ ބަދަލުކޮށްލަން ގަސްދުކުރިއެވެ. ކޮންމެގޮތެއް ވިޔަސް ޒުބިން ލަންޑަނުން އެނބުރި އައުމުން ޢާއިލާއަށް ހުރިހާކަމެއް އެނގޭނެކަން ޔަގީނެވެ.
* * * * *
ފުންވިސްނުމެއްގައި ހުރެ އިސްތަށިގަނޑުގައި ދެފަހަރަކު ލައިތު އަނގިލިތައް ހިންގާލިއެވެ. އޭނާއަށް ވާދަނުކުރެވޭވަރުގެ ޒުވާނަކު ކެންޒާގެ ދިރިއުޅުމުގައި ހުރުމަކީ ލައިތުގެ ހިތަށް ކުޅަދާނަވާވަރުކަމަކަށް ނުވެއެވެ. އެމީހަކާ ވަކިވެގެން ލައިތުގެ ގާތަށް ކެންޒާ އަންނާނޭކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޭނާ ގެއަށް އައިއިރު އޮތެވެ. އެކަމަކު އެ ޔަގީންކަން މިހާރު ބަލިކަށިވެއްޖެއެވެ. އެމީހަކު މާލޭގައި ނެތުމަކީ ލައިތުއަށް އޮތް ހަމައެކަނި ފުރުޞަތުކަމުގައި ލައިތަށް ޤަބޫލުކުރެވުނެވެ. ކެންޒާއަށް ވަގުތު ދީގެން ހުރުމަކީ އެންމެ ރަނގަޅު ނިންމުން ކަމާމެދު ވެސް ލައިތު ސުވާލު އުފެދިއްޖެއެވެ. އެއާއެކު އެ ޒުވާނާއާއި ކެންޒާ ދެމެދު އޮތް ގާތްކަން ސިކުނޑިއަށް ތަފާތު ނުބައި ވަސްވާސްތައް ވައްދަން ފެށިއެވެ. ހަނދާންކުރަން ބޭނުންނުވިޔަސް ކެންޒާގެ ކަރުދޮށުން ފެނުނު ނިޝާނާ މެދު ލައިތުއަށް ވިސްނުނެވެ. އެ ދެމެދުގައި އޮތީ ކިހާ ގާތްކަމެއްކަން އަންދާޒާކުރަން ދަތިވިއެވެ. ކެންޒާގެ ހަށިގަނޑުގައި އެހެން ފިރިހެނަކު ބީހޭކަމުގެ ޚިޔާލާއެކު ވެސް ލައިތުގެ ނަފްސު ފުނޑުފުނޑުވެދާނޭހެން އޭނާއަށް ހީވިއެވެ. ދެއަތުން ނިތްކުރީގައި އޭނާއަށް ބާރަށް ހިފަހައްޓާލެވުނެވެ. އެއީ އެވަރުކަމެއްނޫނޭ ހިތާއި ސިކުނޑިއަށް ވިސްނައިދޭން މަސައްކަތްކުރި ނަމަވެސް ވީ ބޭކާރުކަމަށެވެ. ޚުދު އޭނާއަކީ އަންހެންކުއްޖާ ގާތްނުވެ ހުރި މީހެއްނޫންކަން ލައިތުގެ ޟަމީރު ބުންޏެވެ. އެހެންވިޔަސް އޭނާއަށް ކެންޒާ އެފަދަ ގުޅުމަށް ދިއުމަށް ޤަބޫލުވާން އުނދަގޫވަނީއެވެ.
* * * * *
"އަހަރެން ހުރިހާ އެއްޗެއް ދޫކޮށްލާފައި ދާހާ ލޯބިވޭ. ލައިތު އެދެފިނަމަ، އަހަރެންގެ މިލްކުގައިވާ ކޮންމެ އެއްޗެއް އުފަލުން ރުހިގެން ދޭނަން. އެކަމަކު... މިހަށިގަނޑު... މިހަށިގަނޑު ފެނުމުން... މި ލަކުނުތައް... އޮމާންކަމެއްނެތް ކުރަކިކަން" ޓީޝާޓު ލާން ދެއަތް މަހާލި ގޮތަށް ލޯގަނޑު ކުރިމަތީ ކެންޒާ ހުއްޓެވެ. އެ ލޯގަނޑު ފެންނަ އޭނާގެ ހަށިގަނޑަށް ބަލާށެވެ. ބުރަކަށީގައި މަސްޖަހައި ދެބައިވާ މަސްގަނޑު އަރިމަތިން ފެނެއެވެ. ބަނޑުގެ މަސްގަނޑު ބޮޑު ކަމުން ހުރީ ނުކުމެވެ. މަސްފަލަ ކުކުޅެއްގެ ފައި ފަދައިން އޭނާގެ ފައިގާ މަސްޖަހާފައި ވެއެވެ. ބުޑުގެ މަސްގަނޑު ވެސް އާދައިގެ ހުންނާނޭ ވަރަށްވުރެ ބޮޑެވެ. ހުރިހާ ގޮތަކުން ވެސް އޭނާގެ ހަށިގަނޑު އާންމު އަންހެންކުއްޖަކަށްވުރެ ބޮޑެވެ. އެހަށިގަނޑު މީހަކަށް ދެއްކުމަށް ވެސް އަދި އެހެންމީހަކަށް ބަލައިގަތުމަކީ ވެސް ވާނޭކަމެއްނޫނޭ ކެންޒާއަށް ޤަބޫލުކުރެވެއެވެ. އޭނާ ބަލާ ފިލްމުތަކާއި ޑްރާމާތަކުގައި ލޯބިވެރިން އުޅޭ މަންޒަރު ފެނެއެވެ. އެފަދަ ލޯބިވެތި ގާތްކަމެއް އޭނަފަދަ ބޮޑު ހަށިގަނޑެއްގެ ވެރިއަކާއެކު ބޭއްވޭނީ ކިހިނެއްކަމެއް ޚުދު އޭނާގެ ސިކުނޑިއަށް ވެސް ނުވިސްނެއެވެ. ކޮންމެވެސް ދުވަހަކުން ކައިވެންޏެއް ކުރުމުގެ ހުވަފެން ވެސް ކެންޒާ ބަލައެވެ. ޢާއިލާއެއް ބިނާކުރުމުގެ އުންމީދު އޮވެއެވެ. އެކަމަކު އޭނާއަށް އެފަދަ ދުވަހެއް ފެނިދާނޭކަމުގެ ޔަގީންކަމެއް ނޯވެއެވެ. ލޯބިވެރިޔަކަށް ވާނޭ ގޮތެއް ވެސް އޭނާއަކަށް ނޭނގެއެވެ. ލައިތު ފަދަ ޒުވާނަކު އޭނާއާ ގުޅެން ބޭނުންވާއިރު އޭނަގެ ކިބައިން ކުރާ އުންމީދުތަކެއް ހުންނާނޭކަން ކެންޒާއަށް އެނގެއެވެ. އޭނާއަށް ލައިތު އެދޭ ފަދަ ލޯބިވެރިއަކަށް ވެވިދާނޭ ހެއްޔެވެ. ދުނިޔޭގެ އެފަދަ ގުޅުންތަކަށް ލޯހުޅުވިފައިނުވާ އެފަދަ ތަޖުރިބާއެއްނެތް އަންހެންކުއްޖަކު ލައިތަށް ކަމުދާނޭ ކަމާމެދު ކެންޒާއަށް ޝައްކެވެ. ލައިތަކީ ދުވަސްކޮޅެއްގެ ބައިވެރިއަކަށް ވެއްޖެއްނަމަ ކެންޒާގެ ހިތް ހަލާކުވާނޭކަން ޚުދު އޭނާއަށް އެނގެއެވެ. ލައިތުގެ ކޮންމެ ބީހުމެއްގައި އޭނާގެ ފަރިތަމަކާއި ޔަގީންކަން ވެއެވެ. ކެންޒާގެ ޚިއްޞުތަކަށް ބާރުފޯރާކަން އޭނާ ދެނަހުރިކަން ޚުދު ކެންޒާއަށް ވެސް އެނގެއެވެ. އެހެންވިޔަސް އޭނާގެ ހިތާ އެއްބައިވެ ސިކުނޑިއާއި މުޅި ނަފްސު ވެސް ގޮވަނީ ލައިތު އެދޭހެން އޭނާގެ ބައިވެރިޔާއަށް ވުމެވެ. އޭނާގެ މިލްކެއްކަން ޔަގީންކޮށްދިނުމަށެވެ. ކެންޒާގެ ހަޔާތަށް ލައިތުނޫން ފިރިހެނެއްގެ ހިޔަނި އެޅިފައިނުވާކަން ހާމަކުރުމަށެވެ. އޭނާ އެ ޖަވާބު ދިނުމަށް ވަގުތުތަކެއް ބޭނުމެއްނޫނެވެ. ބޭނުންވަނީ ވީހާ ވެސް އަވަހަކަށް ލައިތުގެ ހައްޤަކަށް ހުރިހާ ގޮތަކުން ވުމެވެ. އެދެއަތުގެ ހިމާޔަތުގައި އެ ހޫނު ނޭވާ އިޙްސާސްވާހާ ގާތުގައި ހުރުމެވެ.
"އަހަރެން ހަމައަސްލައް ވެސް މޮޔަވެއްޖެ" ހެމުންހެމުން އައިސް ކެންޒާ އެނދުގައި އޮށޯތެވެ. ލަދުރަކި ހިނިތުންވުން ވެރިވެފައިވާ ތުންފަތުގައި ކާނާއަތުގެ އިނގިލިތައް ކެންޒާ ޖައްސާލިއެވެ. އަދިވެސް އެތުންފަތުގައި ވިންދު އަވަސްވެފައިވާ ހެން ހީވިއެވެ.
(ނުނިމޭ)