ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އިއްތިހާދު އެއާވޭސް މިމަހުގެ އިން ފެށިގެން 16 ގައި ރާއްޖެއަށް

Jul 1, 2020
1

އިއްތިހާދު އެއާވޭސް އިން މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަށް ދަތުރުތައް އަލުން ފަށަން ނިންމައިފި އެވެ.

އިއްތިހާދު އެއާވޭސް އިން ބުނެފައިވާ ގޮތުގައި އަލަށް ދަތުރު ފަށާ މަންޒިލްތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން އަންމާން އަދި މެންޗެސްޓާ ސިޓީގެ އިތުރުން މިސްރުގެ ކައިރޯ ސިޓީ ހިމެނޭ ގޮތަށް 15 މަންޒިލެއް ހިމެނެ އެވެ. މީގެތެރޭގައި އިންޑިއާގެ ހަތް ސިޓީއެއްވެސް ހިމެނެ އެވެ.

އިއްތިހާދު އެެއާވޭސް އިން މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ހަފުތާއަކު ދެ ފްލައިޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ބާއްވާނެ އެވެ.

ގިނަ އެވޯޑު ތަކެއް ލިބިފައިވާ އިއްތިހާދުން ދަތުރު ފަށާއިރު، ރައްކާތެރިކަމުގެ ގިނަ ފިޔަވަޅު ތަކެއް އަޅާނެ އެވެ. މީގެތެރޭގައި ބޯޓުގައި ސެނެޓައިޒާ ބެހެއްޓުމާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުން ފަދަ ގިނަ ކަންތައްތަކެއް ހިމެނެ އެވެ.

ރާއްޖޭގެ ބޯޑަރު 15 ވަނަ ދުވަހު ހުޅުވާއިރު ދަތުރު ފަށާނެކަން ރަސްމީކޮށް މިހާތަނަށް ބުނެފައިވަނީ އެމިރޭޓްސްގެ އިތުރުން ސްރީލަންކަން އާއި އިއްތިހާދު އެއާވޭސް އެވެ.

ރާއްޖޭގެ ބޯޑަރު މި މަހުގެ 15 ވަނަ ދުވަހު ހުޅުވާލަން ސަރުކާރުން ވަނީ ނިންމާފަ އެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކާއެކު ބޯޑަރު ހުޅުވާލަން ނިންމާފައިވާއިރު، މިހާތަނަށް 10 އެއާލައިން އަކުން ވަނީ ރާއްޖެ އަންނަން ސްލޮޓް އަށް އެދިފަ އެވެ.