ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ދުވަހަކު އަންނަ ޓޫރިސްޓުންގެ އަދަދު 3،000 އިން މަތީގައި

Dec 19, 2020
މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ އަށް އައި ޓޫރިސްޓުން ތަކެއް ގޮވައިގެން އެއާޕޯޓު ރެޕެއް ދަނީ -- ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
0%
0%
0%

ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު 3،400 އަށްވުރެ މަތިވެފައިވާ ކަމަށް ޓޫރިޒަމް ތަފާސް ހިސާބުތައްކުން ދައްކައިފި އެވެ.

އިމިގްރޭޝަންގެ ހިސާބުތަކުގެ މައްޗަށް، ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރެފައިވާ ޓޫރިޒަމް އަޕްޑޭޓްގައިވާ ގޮތުން އިއްޔެ ރާއްޖެއަށް 3،418 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. އިއްޔެއަކީ މި މަހުގެ އެންމެ ގިނައިން ޓޫރިސްޓުން އައި ދެވަނަ ދުވަހެވެ. މި މަހު މިހާތަނަށް ދުވާލެއްގެ މައްޗަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އެ ދުވަހު 4،000 މީހުން އައިސްފައިވެ އެވެ.

ހިސާބުތައް ދައްކާ ގޮތުގައި މިހާރު އެވްރެޖު ގޮތެއްގައި ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު 3،000 ގައި ހުންނަތާ މިއީ ދެ ވަނަ ދުވަހެވެ. އަދި ހިސާބުތައް ދައްކާ ގޮތުގައި ދުވަހުން ދުވަހަށް ރާއްޖޭގެ އެރަވައިލްސް އަންނަނީ އިތުރު ވަމުންނެވެ. ނަމަވެސް ވޭތުވެދިޔަ ދެ އަހަރަށް ބަލާނަމަ ޓޫރިޒަމްގެ އެންމެ ޕީކް ދުވަސްވަރު ކަމަށްވާ ޑިސެމްބަރު މަހުގެ ފަހު ހަފުތާގައި ޑެއިލީ އެރައިވަލްސް އުޅެނީ 5،000 އިން މަތިވެ އެވެ.

މިހާތަނަށް ބޯޑަރު ހުޅުވި ފަހުން އެންމެ ގިނައިން މީހުން އައިސްފައިވާ ރަޝިއާ އިން 23،336 މީހުން އައިސްފައިވެ އެވެ. އަދި އެ ގައުމުން މިއަހަރުގެ މިހާތަނަށް ޖުމްލަ 46،065 މީހުން އައިސްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 505،092 މީހުން ވަނީ އައިސްފަ އެވެ. މިއީ ސަރުކާރުން ކުރިން އަންދާޒާ ކުރި އަދަދަށް ވުރެ ދަށް އަދަދެކެވެ. ސަރުކާރުން ބޯޑަރު ހުޅުވުމުގެ ކުރިން ދިރާސާ ހަދައި ބުނެފައިވަނީ މި އަހަރު 850،000 މީހުން އަންނާނެ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345