ވިޔަފާރި

މިފްކޯއިން ބޮޑު އީދާ ދިމާކޮށް ޕްރޮމޯޝަނެއް ފަށައިފި

Jul 2, 2020

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ކުރިއަށް އޮތް ބޮޑު އީދާ ދިމާކޮށް، ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"ފަސްމީރު ބޮޑު އީދު ޕްރޮމޯޝަން" ގެ ނަމުގައި ކުރިއަށް ގެންދާ މި ހާއްސަ ޕްރޮމޯޝަންގައި އެ ކުންފުނިން މާލެ ސަރަހައްދުގައި ހިންގާ ތިން ފިހާރައިގެ އިތުރުން ކޫއްޑޫ ފެލިވަރު އަދި ހުޅުމީދޫގައި ހުޅުވާފައިވާ މަސްވެރިންގެ މެރީނާގެ ފިހާރާގައި ކުރި އަށް ގެންދާނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ މި މަހުގެ އެއްވަނަ ދުވަހުން 23 ވަނަ ދުވަހުގެ ނިޔަލަށެވެ. ގުތުއަތުން ނެގުން އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.

މި ޕްރޮމޯޝަން އަށް ހާއްސަކޮށް މިފްކޯ އިން ވަނީ ދަޅު މަހުގެ އަގު ހެޔޮކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށާފަ އެވެ. މި ޕްރޮމޯޝަން ފަސްމީރު ދަޅުމަހުގެ ތެލާއި ފެން މަސް ދަޅުގައި ވެސް ކުރި އަށް ދާނެ އެވެ. ޕްރޮމޯޝަންގެ ތެރޭގައި ބޮޑު ތެޔޮ މަސް ދަޅު ކޭހެއް 640ރ. އަށް ލިބޭނެ އެވެ. އަދި ބޮޑު ފެން މަސް ކޭހެއް 595ރ. އަށް ލިބޭނެ އެވެ.

ފަސްމީރު ބޮޑު އީދު ޕްރޮމޯޝަންގައި ހަ ފަރާތެއް ނަގައި އިނާމު ދޭނެ އެވެ. އަދި ރީޓެއިލްކޮށް ގަންނަ ކޮންމެ މަސް ކޭހަކަށް ކޫޕަނެއް ލިބޭނެ އެވެ.

މިފްކޯ އިން ނިމިދިޔަ ރޯދަ މަހާ ދިމާކޮށް ވެސް ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދިޔަ އެވެ. އަދި އެ ޕްރޮމޯޝަންގައި އިނާމު ތަކެއް ވެސް ދީފައިވެ އެވެ.