ހަބަރު

ކޮރަޕްޝަނަށް ފަހިވާގޮތައް ކަމެއް ނިންމުން ޒީރޯ ޓޮލަރެންސްއާ ހިލާފް: މައުމޫން

Jul 2, 2020
2

ކޮރަޕްޝަނަށް މަގުފަހިވާ ގޮތައް ކަމެއް ނިންމުން ބަލައެއް ނުގަނެވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް ބަޔަކު ކޮރަޕްޝަނަށް މަގުފަހިވާ ގޮތައް ކަމެއް ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ސަރުކާރުގެ ޒީރޯ ޓޮލަރަންސް ސިޔާސަތާ ވެސް ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ.

އެހެންނަމަވެސް އެމަނިކުފާނު އެ އިޝާރާތް ކުރައްވަނީ ކޮން މައްސަލައަކަށް ކަމެއް ވިދާޅެއް ނުވެ އެވެ. އަދި އެ ޓުވީޓުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ރައީސް އޮފީސް ވަނީ ޓެގް ކުރައްވައިފަ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އާއިލާގެ ފަރާތްތަކުގެ މާލީ ބަޔާން ނަގަން ނުޖެހޭ ގޮތައް މަޖިލީހުން ބިލެއް ފާސްކޮށްފައި ވަނިކޮށެވެ. އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް އަދި އެމްޑީޕީއަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފަ އެވެ.