ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑުން ރަނގަޅުވި މީހުންގެ އަދަދު 1969 އަށް

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 15 މީހަކު ރަނގަޅު ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑުން ރަނގަޅުވި މީހުންގެ އަދަދަކީ 15 ކަމަށެވެ. އެ މީހުންނާއެކު ރާއްޖެއިން މިހާތަނަށް ބަލިން ޝިފާ ލިބުނު މީހުންގެ ޖުމްލަ އަދަދު ވަނީ 1969 އަށް އަރާފައެވެ.

އެއީ ބަލި ޖެހުނު މީހުންގެ 83 އިންސައްތައަށްވުރެ އިތުރު އަދަދެކެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު 1386 ޓެސްޓެއް ކޮށްފައިވާ ކަމަށެވެ. ޕޮޒިޓިވްވީ 18 ސާމްޕަލެވެ. ގިނައީ ބިދޭސީންނެވެ. 18 މީހުންގެ ތެރެއިން ހަތް މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގަލްދޭޝްގެ 11 މީހުންނެވެ. މިއަދު ޕޮޒިޓިވްވީ 18 މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,400 އަށް އަރާފައެވެ.