ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މިއަދު ޕޮޒިޓިވްވީ 10، ރަނގަޅުވީ ހަތް މީހުން

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 10 މީހުން ކަމަށާ ހަތް މީހަކު މިއަދު ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު 905 މީހަކު ބައްޔަށް ޓެސްޓްކޮށްފައިވާ ކަމަށާ ޕޮޒިޓިވްވީ 10 މީހުން ކަމަށެވެ. އެއީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ ދެ މީހުންނާއި އިންޑިއާގެ ތިން މީހުން އަދި އިންޑޮނޭޝިއާ މީހެކެވެ.

މީގެ ތެރޭގައި ރޭ މަރުވި އިންޑޮނޭޝިއާ މީހާގެ ކޮންޓެކްޓުން ހިމެނެއެވެ. އެއީ އައިޖީއެމް ހޮސްޕިޓަލްގެ ތިން ނަރުހުންނާއި އެ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދިޔަ ބަލި ދެ މީހުން ހިމެނެއެވެ.

މިއީ މިފަހުން އެންމެ މަދުން މީހުން ޕޮޒިޓިވްވީ އެއް ދުވަހެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,410 އަށް އަރާފަ އެވެ. މިއަދު ކޮވިޑް ބަލިން ރަނގަޅުވީ ހަތް މީހުންނެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 1،976 މީހުންނެވެ. މިވަގުތު ފަރުވާގައި ތިބީ 419 މީހުންނެވެ.

ކޮވިޑަށް 53،867 މީހުން ޓެސްޓް ކޮށްފައިވާއިރު މިހާތަނަށް މި ބަލީގައި 10 މީހަކު ވަނީ މަރުވެފަ އެވެ.