ހަބަރު

ކުއްޖަކު ބްލެކްމެއިލްކޮށް، ރޭޕް މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

Jul 4, 2020

އުމުރުން 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކު ބްލެކްމެއިލްކޮށް ރޭޕް ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 13 އަހަރުގެ އަންހެން ކުއްޖަކު ބްލެކްމެއިލްކޮށް ރޭޕްކޮށްފައިވާ ކަމަށާއި އެ ކުއްޖާއަށް ޖިންސީ ގޯނާ ވެސް ކޮށްފައިވާ ކަމަށެވެ. އެ މައްސަލާގެ ތުހުމަތުގައި އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ފުލުހުންގެ ކްރައިމްސް އަގެންސްޓް ޗިލްރަން ޑިޕާޓްމަންޓުންނެވެ.

ފަހަކަށް އައިސް ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ރޭޕްގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ.