ޑިވެލޮޕިންގް

ތިލަފުށީ ގުދަނެއްގައި ރޯވި އަލިފާން ނިއްވާލައިފި

Jul 7, 2020
1

ސިނާއީ ރަށެއް ކަމަށްވާ ތިލަފުށީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ގުދަނުގައި އަލިފާން ރޯވެގެން، ތިލަފުށި ފަޔާ ޓީމުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 8.30 ހާއިރު ކަމަށާއި، އަލިފާން ރޯވެފައިވަނީ "ސެކިއޯ ބޭގް" ގެ ގުދަނެއްގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ 90 ޕަސެންޓް ކޮންޓްރޯލްވެފައިވާ ކަމަށެވެ. ރޯވެފައިވާ ގުދަނުގައި ހުރީ ފަސޭހައިން އަލިފާން ހިފާ ޒާތުގެ ތަކެތި ކަމަށްވެސް ވިދާޅުވިއެވެ.

"އޭގެ ތެރޭގައި ގިނަ އަދަދަކަށް ދަވާދު ހުރިކަން ފާހަގަކުރެވޭ،"

އާޒިމް ވިދާޅުވީ އަލިފާންގަނޑު ކޮންޓްރޯލް ކުރީ މާލެއިން އަލިފާން ނިއްވާ އިތުރު ޓީމެއް ތިލަފުއްޓަށް ގޮސްގެން ކަމަށެވެ.