ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މިއަދު ޕޮޒިޓިވްވީ 10، ރަނގަޅުވީ 45 މީހުން

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 10 މީހުން ކަމަށާ 45 މީހަކު މިއަދު ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު 695 މީހަކު ބައްޔަށް ޓެސްޓްކޮށްފައިވާ ކަމަށާ ޕޮޒިޓިވްވީ 10 މީހުން ކަމަށެވެ. އެއީ ހަތް ދިވެހިންނާއި ބަންގްލަދޭޝްގެ ތިން މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,501 އަށް އަރާފަ އެވެ. މިއަދު ކޮވިޑް ބަލިން ރަނގަޅުވީ 54 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2113 މީހުންނެވެ. މިވަގުތު ފަރުވާގައި ތިބީ 326 މީހުންނެވެ.

ކޮވިޑަށް 57،611 މީހުން ޓެސްޓް ކޮށްފައިވާއިރު މިހާތަނަށް މި ބަލީގައި 12 މީހަކު ވަނީ މަރުވެފަ އެވެ. ކޮވިޑްގައި އެންމެ ފަހުން މީހަކު މަރުވީ އިއްޔެއެވެ. އިއްޔެ ފަތިހުގެ ވަގުތެއްގައި މަރުވެފައިވަނީ ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ 80 އަހަރުގެ ފިރިހެނެކެވެ.