ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ފެމިލީ ކޯޓްގެ ދެ މުވައްޒިފަކު ޕޮޒިޓިވްވެއްޖެ

ފެމިލީ ކޯޓްގެ ދެ މުވައްޒިފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވެފައިވަނީ ފެމިލީ ކޯޓްގެ ބަޖެޓާ ބެހޭ ބައިގައި މަސައްކަތް ކުރާ މީހަކާއި އެ ކޯޓްގެ މަސައްކަތު މީހެކެވެ.

އެ ދެ ކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ރާއްޖޭއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 2,553 އަށް އަރާފަ އެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2227 މީހުންނެވެ. މިވަގުތު ފަރުވާގައި ތިބީ 306 މީހުންނެވެ.

ކޮވިޑަށް 59،530 މީހުން ޓެސްޓް ކޮށްފައިވާއިރު މިހާތަނަށް މި ބަލީގައި 13 މީހަކު ވަނީ މަރުވެފަ އެވެ.