ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޕޮޒިޓިވްވާ މީހުންގެ އަދަދު މައްޗަށް، މިއަދު 64

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 64 މީހުން ކަމަށާ 11 މީހަކު މިއަދު ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު 947 މީހަކު ބައްޔަށް ޓެސްޓްކޮށްފައިވާ ކަމަށާ ޕޮޒިޓިވްވީ 64 މީހުން ކަމަށެވެ. އެއީ 44 ދިވެހިންނާއި ބަންގްލަދޭޝްގެ 17 މީހުންނާއި އިންޑިއާ ދެ މީހުން އަދި ނޭޕަލް މީހެކެވެ.

މިއީ ލޮކްޑައުންގެ ހާލަތަށް ލުއި ދިން ފަހުން އެންމެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވީ ދުވަހެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,617 އަށް އަރާފަ އެވެ. މިއަދު ކޮވިޑް ބަލިން ރަނގަޅުވީ 11 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2،238 މީހުންނެވެ. މިވަގުތު ފަރުވާގައި ތިބީ 361 މީހުންނެވެ.

ކޮވިޑަށް 59،981 މީހުން ޓެސްޓް ކޮށްފައިވާއިރު މިހާތަނަށް މި ބަލީގައި 13 މީހަކު ވަނީ މަރުވެފަ އެވެ.