ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އެންމެ މަދުން ޓެސްޓްކުރި ދުވަސް

ކޮވިޑްގެ ބަލި މީހުން ފެންނަމުންދާ މިންވަރު އިތުރުވެފައިވާއިރު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓްކޮށްފައިވަނީ 236 ސާމްޕަލްއެއް ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ލޮކްޑައުންގެ ހާލަތަށް ލުއި ދިން ފަހުން މިދިޔަ ދެ ދުވަސް ފާހަގަކުރެވިފައިވަނީ ކޮވިޑްގެ ބަލި މީހުން ގިނަ އަދަދަކަށް ފެނިފައިވާ ދެ ދުވަހުގެ ގޮތުގައެވެ.

ރާއްޖޭގައި ކޮވިޑަށް ޓެސްޓް ކުރެވޭ މިންވަރު އިތުރުކޮށްފައިވީނަމަވެސް މިއީ މިފަހުން އެންމެ މަދުން ކޮވިޑަށް މީހުން ޓެސްޓް ކުރި ދުވަހެވެ. މީގެ ކުރިން ކޮންމެ ދުވަހަކު 1000 ޓެސްޓް ހަދަމުންދިޔައިރު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކުރެވިފައިވަނީ 236 ޓެސްޓެވެ.

ކޮވިޑަށް 60،217 މީހުން ޓެސްޓް ކޮށްފައިވާއިރު އައިޖީއެމް ހޮސްޕިޓަލާއި އޭޑީކޭ އަދި ފުލުހުންގެ އިދާރާގައިވެސް ކޮވިޑަށް ޓެސްޓް ކުރެއެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,664 އަށް އަރާފަ އެވެ. މިއަދު ކޮވިޑް ބަލިން ރަނގަޅުވީ 30 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2،263 މީހުންނެވެ. މިވަގުތު ފަރުވާގައި ތިބީ 368 މީހުންނެވެ.