ވިޔަފާރި

މާލީ ބަޔާން ތައްޔާރުކޮށް، ހުށަހެޅުމާ ބެހޭ އުސޫލު އާއްމުކޮށްފި

Jul 12, 2020
1

މާލީ ބަޔާން ތައްޔާރުކޮށް އޮޑިޓަ ޖެނެރަލަށް ހުށަހަޅަން ލާޒިމް ކުރާ ފަރާތްތަކުން އަމަލު ކުރަން ޖެހޭނެ ގޮތުގެ އުސޫލު އޮޑިޓަ ޖެނެރަލް އޮފީހުން ނެރެފި އެވެ.

އޮޑިޓަ ޖެނެރަލް އޮފީހުން ބުނި ގޮތުގައި މި އުސޫލުގެ މަގުސަދަކީ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި، އޮޑިޓަ ޖެނެރަލަށް ހުށަހެޅުމަށް، ގާނޫނުއަސާސީން ނުވަތަ ދިވެހިރާއްޖޭގެ ޤާނޫނުތަކުން ލާޒިމުކޮށްފައިވާ ފަރާތްތަކުން އެފަދަ ފަރާތްތަކުގެ މާލީ ބަޔާން ތައްޔާރުކޮށް އޮޑިޓަ ޖެނެރަލަށް ހާމަކުރުމުގައި އަމަލުކުރާނޭ ގޮތުގެ އިޖުރާއަތުތައް ބަޔާން ކުރުން ކަމަށެވެ.

މި އުސޫލު ނެރެފައިވަނީ އޮޑިޓް ގާނޫނުން ބާރު ލިބިގެންނެވެ. މި އުސޫލު އެކުލަވައިލުމުގެ މަގުސަދަކީ، އޮޑިޓަ ޖެނެރަލަށް
މާލީ ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުން އަމަލުކުރާން ޖެހޭ ގޮތް ބަޔާންކުރުމެވެ. މާލީ ބަޔާން ބައިލައިގަތުމުގައްޔާއި ބެލެހެއްޓުމުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަމަލުކުރާނެ ގޮތް ބަޔާންކުރުމެވެ. އެސެޓް ޑިކްލަރޭޝަން ހުށަހަޅަންޖެހޭ ފަރާތްތަކުން އަމަލުކުރާ ގޮތާމެދު އޮޑިޓަ ޖެނެރަލަށް ނުވަތަ އޮޑިޓަ ޖެނެރަލްގެ އޮފީހަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަމަލުކުރާނެ ގޮތް ބާޔާންކުރުމެވެ.

އޮޑިޓް އޮފީހުން ބުނީ ގާނޫނުއަސާސީން ނުވަތަ ދިވެހިރާއްޖޭގެ ޤާނޫނު ތަކުން، އެ މީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި އޮޑިޓަ ޖެނެރަލަށް ހާމަކުރަން ލާޒިމްކޮށްފައިވާ އެންމެހައި ފަރާތްތަކުން މި އުސޫލަށް އަމަލު ކުރަން ވާނެ ކަމަށެވެ.

މާލީ ބަޔާން ހުށަހަޅަންޖެހޭ ހާލަތުތައް

  • މަގާމު ނުވަތަ މެންބަރުކަމާ ހަވާލުވުވުން
  • މަޤާމުގައި ނުވަތަ މެންބަރުކަމުގައި ހޭދަކުރާ ކޮންމެ އަހަރެއް ފާއިތުވުމުން
  • މަޤާމުން ނުވަތަ މެންބަރުކަމުން ވަކިވުމުން
  • މަޤާމުން ނުވަތަ މެންބަރުކަމުން ވަކިވުމަށްފަހު، އަހަރު ހަމަވުމުން

މާލީ ބަޔާން ހުށަހަޅަން ލާޒިމުވާ މަގާމުތަކާއި ފަރާތްތައް

  • ރައީސުލްޖުމްހޫރިއްޔާ
  • ވަޒީރުންގެ މަޖިލީހުގެ މެންބަރުން
  • ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުން
  • އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން
  • އެންޓި- ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުން
  • ޕްރޮސެކިއުޓާ ޖެނެރަލް
  • ކޮމިޝަނަރ ޖެނަރަލް އޮފް ޓެކްސޭޝަން
  • ޑެޕިއުޓީ ކަމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން
  • މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީގެ ބޯޑު މެންބަރުން؛
  • މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަ ލަތައް
  • ތަޙުޤީޤުކުރާ ކޮމިޝަނުގެ މެންބަރުން
  • ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް
  • ރިކަވަރީ ގެ މެންބަރުން
  • ޤާނޫނަކުން ނުވަތަ ގަވާއިދަކުން އޮޑިޓަރ ޖެނެރަލަށް، އެސެޓް ޑިކްލަރޭޝަން ހުށަހެޅުމަށް ލާޒިމްކުރާ ކޮންމެ ފަރާތެއް.

މަގާމާ ނުވަތަ މެންބަރުކަމާ ހަވާލުވި ތާރީހުގައި ހުށަހަޅަންޖެހޭ މާލީ ބަޔާން ހުށަހަޅާނީ، މަޤާމަށް ނުވަތަ މެންބަރު ކަމަށް އައްޔަނުކުރި ތާރީހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގަ އެވެ. މާލީ ބަޔާން ހުށަހަޅަންޖެހޭ ސުންގަޑި މަގާމުގައި ނުވަތަ މެންބަރުކަމުގައި ހޭދަކުރާ ކޮންމެ އަހަރެއްގައި އަހަރަކު އެއްފަހަރު ހުށަހަޅަންޖެހޭ މާލީ ބަޔާން ހުށަހަޅާނީ، އެ އަހަރުގެ ޖަނަވަރީ މަސް ނިމުމުގެ ކުރިންނެވެ.