ހަބަރު

އެމްއެމްއޭ އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދަނީ

Jul 14, 2020
2

މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފި އެވެ.

އެމްއެމްއޭއިން ކުރި އިއުލާނެއްގައި ބުނީ މި އަހަރުން ފެށިގެން ކުރިއަށް އޮތް ތިން އަހަރު ދުވަހަށް އެ އޮތޯރިޓީ އޮޑިޓް ކޮށްދޭން އޮޑިޓް ފާމެއް ހޯދަން ހުޅުވާލާފައިވާ ކަމަށެވެ.

އެ މަސައްކަތް ކުރަން ޝައިގުވެރިވާ، ރާއްޖޭގައި މަސައްކަތްކުރާ ލައިސަންސް އޮތް އޮޑިޓް ފާމްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވެއެވެ. އޮޑިޓް ފާމްތަކުގެ ތެރެއިން ބިޑިންގައި ބައިވެރި ވެވޭނީ ޕްރޮޕޯސަލް ހުށައަޅާ ރަޖިސްޓްރީވާ އޮޑިޓް ފާމްތަކެވެ.

މައުލޫމާތު ސާފު ކުރަން މިމަހުގެ 21 ވަނަ ދުވަހުގެ ކުރިން މެއިލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ. ޕްރޮޕޯސަލްތައް މިމަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ހުށަހެޅުން އޮންނާނެ އެވެ.