ވިޔަފާރި

މީރާއަށް ދައްކާ ހުރިހާ ފައިސާއެއް އޮންލައިންކޮށް

Jul 14, 2020

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކާ، ޓެކުހުގެ އިތުރުން ހުރިހާ ފައިސާ އެއް އޮންލައިންކޮށް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސައިފި އެވެ.

މީރާއިން ބުނި ގޮތުގައި ފައިސާ ބަލައިގަތުމުގެ ހިދުމަތް ދެމުން ގެންދާނީ އޮންލައިން ޕޯޓަލް "ވާރު ޕޭ" އިން ކަމަށެވެ.

"ވާރު ޕޭ" ހިދުމަތް މެދުވެރިކޮށް މީގެ ކުރިން ވެސް ކުންފުނިތަކުގެ އަހަރީ ފީ އާއި، އެއްގަމު އުޅަނދު ފީ އަދި ކަނޑު އުޅަންދުގެ އަހަރީ ފީގެ ޓްރެފިކާ ގުޅޭ ގޮތުން ކުރާ ޖޫރިމަނާ އާއި މުދަލު ޒަކާތާއި މިނޫން ވެސް ބައެއް ފައިސާ ބަލައި ގަންނަމުން ދިޔަ އެވެ. ނަމަވެސް މީރާ އިން ވަނީ ވާރުޕޭ ގެ ހިދުމަތް އިތުރަށް ފުޅާކޮށްފަ އެވެ. މި ބަދަލާއެކު ހުރިހާ ފައިސާއެއް މީރާގެ އޮފީހަށް ނުގޮސް ބަލައިގަތުމުގެ ފުރުދަތު ލިބޭނެ އެވެ.

ވާރުޕޭ ގެ ހިދުމަތް މީރާގެ ވެބްސައިޓާއި މީރާގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ލިބެ އެވެ. މީގެ އިތުރުން، ވާރުޕޭ މެދުވެރިކޮށް ފައިސާ ދައްކާ ފަރާތްތަކުން، ފައިސާގެ ރަސީދު ގެއްލިގެން ނުވަތަ އެނޫން ވެސް ސަބަބަކާ ހުރެ ފައިސާގެ ރަސީދުގެ ކޮޕީއެއް ބޭނުން ވެއްޖެނަމަ، ވާރުޕޭ މެދުވެރިކޮށް ފައިސާގެ ރަސީދު ޑައުންލޯޑް ވެސް ކޮށްލެވެ އެވެ. އަދި މީރާ ކަނެކްޓް ހިދުމަތަށް ރަޖިސްޓަރީ ކޮށްފައި ނުވާ ފަރާތްތަކަށް ވެސް، ވާރު ޕޭ މެދުވެރިކޮށް ޖީއެސްޓީ ސުން- ބަޔާން ފަސޭހަ ކަމާއެކު ހުށަހެޅުމުގެ ފުރުސަތު ލިބެ އެވެ.