ވާހަކަ

ލޯބިން ބުނެލަން

(12 ޖުލައި 2020 އާ ގުޅޭ)

ކައިރީގައި މީހަކު ފެންނަން ނެތުމުން އަތްދަބަހުން ނެގި ލޯގަނޑު ކޮޅުން ފިޒާނާގެ މޫނު ބަލާލިއެވެ. އެ ދިގު މޫނުގައި މޭކަޕް ހުރީ ރަނގަޅަށްތޯ އޭނާ ޗެކުކޮށްލީއެވެ. ހުދުކުލައިގެ ލޭސް ޓޮޕުގެ ބެގީ ރަނގަޅުކޮށްލިއެވެ.

"ފި..ޒާ.." އަޖައިބުވެ އަންތަރީސް ވެފައި ހުރި މީހަކު ފަދައިން ޔާދިންގެ އަނގައިން އެ ނަން ނުކުތެވެ. ފެންނަ ހުރި އަންހެންކުއްޖަކީ ހަޤީޤަތެއް ކަމާމެދު ވެސް އޭނާއަށް ޝައްކެވެ.

"ތީ... ހަމަ ފިޒާތަ؟..." ޤަބޫލުކުރަން ދަތިވެފައި ހުރި ޔާދިންއަށް އަހާލެވުނެވެ.

"އަހަރެން ހީކުރީ ހަމަ ފެންނައިރަށް ޔާދުއަށް އަހަރެން ވަކިކުރަން އެނގޭނޭ." ފިޒާނާ ހުއްޓުލީ ސީދާ ޔާދިންގެ ކުރިމަތީއެވެ.
ޔާދިންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. މީހާ ހަމަޖެހިލުމާއެކު ފިޒާނާއަށް އޭނާ ވަރަށް ރަނގަޅަށް ބަލާލިއެވެ. ކުރިން ހުރި މަޢުޞޫމްކަމެއް އެ މޫނަކު ނުވެއެވެ. ހަށިގަނޑާއި ވަނާތަކަށް ބޮޑު ބަދަލުތަކެއް އައިސްފައިވާކަން ޔާދިންއަށް ފާހަގަވިއެވެ. އަދިވެސް ފިޒާނާގެ ރީތިކަމަށް ބަދަލެއް ނާންނަކަން ޔާދިންގެ ހިތް އެއްބަސްވިއެވެ. ކުރިއަށްވުރެ ވެސް އެ އަންހެންކުއްޖާގެ ރީތިކަންވީ އިތުރެވެ. ފިރިހެނުންގެ ހިތްތައް ބަލިކޮށް ހަސަދަ އުފައްދާހާ ސިހުރުވެރި އަންހެންކުއްޖެއްކަން ގައިމެވެ.

"އެތެރެއަށް ވަންނާކަށް ނުބުނާނަންތަ؟" ފިޒާނާ ބުންޏެވެ. ހިންދިރުވާލަމުން ޚިޔާލުތައް އެއްފަރާތްކޮށްލައި ހަޤީޤަތާ ޔާދިން ކުރިމަތިލިއެވެ.

"މިވަގުތަކުނޫން... ޑޭޑް އެބައުޅޭ... އިރުކޮޅަކުން މަންމަ އަންނާނެ، މިތާ ތިބުން ރަނގަޅެއްނުވާނެ... އެބަ އަންނަން ކާރު ތަޅުދަނޑި ހިފައިގެން. ފިޒާއަށް ވަގުތު އޮތިއްޔާ އަހަރެމެންނަށް ވާހަކަދައްކާލަން އެހެން ދިމާއަކަށް ދެވިދާނެ." ފުއްކިބައިގައި އިސްތަށިގަނޑު ތެރޭ އިނގިލިތައް ހިންގާލަމުން ޔާދިން ބުނެލިއެވެ. ހިނިތުންވުމަކާއެކު ފިޒާނާ ބޯޖަހާލީއެވެ.

* * * * *

"ޔޯ ބޯއިފްރެންޑް... އޭނަ އަދިވެސް ގުޅާ ދޯ." ކާން އިނދެފައި ލައިތު ބުންޏެވެ. ކެންޒާގެ ސަމާލުކަން ވަގުތު އޭނާއަށް ހުއްޓިއްޖެއެވެ.

"ހޫމް..." ކެންޒާ ހޫން ލައްވާލީ ލައިތުގެ މޫނުން ފާޅުވާނޭ އަސަރުތައް ދެނެގަންނަން ބޭނުންވެ އިނދެއެވެ. ހިމޭންވެލުމާއެކު ލައިތުގެ ދެބުމަ ކައިރިވެލިއެވެ. ކެންޒާ ދިން ޖަވާބާ އޭނާ ގަޔާނުވީކަން އެނގެއެވެ.

"އޭނާއާ ވާހަކަނުދައްކާށޭ އަހަރެން ބުނެފިއްޔާ." ލައިތު ބުންޏެވެ. ކެންޒާ ހީނލި އަޑު އިވުމުން ލައިތަށް ހައިރާންކަން ލިބުނެވެ.

"ކީއްވެ ތިހެނީ؟." ލައިތު އަހާލިއެވެ.

"ކާއެއްޗެހި ހިފައިގެން ތި އޮފީހަށް ދިޔަ ރޭ މަތިން ހަނދާންވީ. އެރޭ އުޅުނު ގޮތަށް ތިއުޅެނީ." ހެވިފައި އިނދެ ކެންޒާ ބުންޏެވެ.

ލައިތު މޭޒުކައިރިން ތެދުވެ ތަށި ހިފައިގެން ބަދިގެ ބަޔަށް ދިޔައެވެ. ކެންޒާގެ ހިނިތުންވުން އިތުރަށް ފުޅާވެލިއެވެ. ލައިތު ނުބުންޏަސް އޭނާއަށް ވާގޮތް ކެންޒާއަށް އެނގެއެވެ. ކާމޭޒުދޮށުން ކެންޒާ ތެދުވީ ލައިތު ރުއްސުމަށެވެ. އޭނާ އައިސް ސިންކުގެ ކައިރީ ހުރި ލައިތުގެ ގާތުގައި ހުއްޓިލިއެވެ.

"އެރޭ ގުޅީ އަހަރެންގެ ބޭބެ. ޖެލަސްވެގެން އުޅޭއިރު ލައިތު ވަރަށް ލޯބި. އެހެންވެ ނުބުނީ... އެންޑް ޑޯންޓް ވޮރީ... ޔޫ އާ މައި ބޯއިފްރެންޑް. ތި ބޯއިފްރެންޑް ގުޅަން ވެސް ހުރީ." ލައިތުގެ ގައިގާ ކެންޒާ ޖެހިލިއެވެ. ނޫންކަމަށް ހެދިގެން ހުރި ލައިތަށް ހިނިތުންވުން ނުފޮރުވުނެވެ. ކެންޒާގެ ކޮނޑުގައި ކާނާއަތް އަޅުވާލައި ކެންޒާގެ ފުރަގަހުން ލައިތު ބައްދާލިއެވެ.

"ޕެންޑާގެ ފަސްޓް ލަވްއަކީ ކާކު؟" ލައިތު އަހާލިއެވެ.

"އެ ކީއްކުރަން ބަލަނީ؟." ކެންޒާ ބުންޏެވެ.

"ތީ އަހަރެންގެ ފުރަތަމަ... އެހެންވެ..." ގުދުވެލައި ކެންޒާގެ ކޮނޑުގައި ދަތްދޮޅި އަޅުވާލައިގެން ހުރެ ލައިތު ބުންޏެވެ.

"ދޮގު..." ކެންޒާއަށް ވަގުތުން ބުނެލެވުނެވެ.

"ހަމަ ތެދެއް... ތީ އަހަރެން އެންމެ ފުރަތަމަ ލޯބިވި ކުއްޖާ." ލައިތު ޔަގީންކޮށްދިނެވެ.

"އަހަރެންގެ ޓީންގަ ކުއްޖަކާ ދިމާވި، އެއީ އަހަރެންގެ ފުރަތަމަ ކްރަޝް، އަހަންނާ އެންމެ ފުރަތަމަ ވާހަކަދެއްކި ފިރިހެންކުއްޖަކީ އޭނަ. ހީކުރީ ފިއުޗާގަ އޭނާއާއެކު އަހަންނަށް ޗާންސެއް އޮންނާނެކަމަށް. ދެމެދުގައި ގާތް ގުޅުމެއް އުފެދޭނެކަމަށް. އޭނަ ވެސް ލައިކްވާކަން އެނގޭ، އެކަމަކު ނޭނގެ ވީގޮތެއް. ކުއްލިއަކަށް ބައްދަލުކުރުން ހުއްޓާލީ. އަހަންނަށް އޭނާއާ ބެހޭ މާގިނަ މަޢުލޫމާތެއް ނޭނގޭ. އެގެއަށް އަހަރެން ގެންދަން އޭނާ ބޭނުންވި. އަހަރެންގެ މަންމަ ކައިރިން ހުއްދަ ނަގައިގެން ތައްޔާރުވެގެން ހުރުމަށް އޭނާ ބުނި. ދުވަހެއް ވެސް ހަމަޖެއްސި. އޭގެ ފަހުން އޭނާއެއް ނުފެނޭ. ދެން މީގެ ތިން އަހަރު ކުރިން އަނެއްކާވެސް މީހަކާ ދިމާވީ. އޭނާއަކީ ލެކްޗަރާއެއް. އޭނާގެ ރަނގަޅުކަމުން އަހަރެން ފޯލްވީ. އޭރު އަހަރެން ހުރީ ބޯއިފްރެންޑެއް ބޭނުންވެފަ. ސޯ އިޓް ޑަޒަންޓް މެޓާ ކޮންމެ މީހަކު ނަމަވެސް. އަހަންނަށްވުރެ އުމުރުގެ ގޮތުން އޭނާ ވަރަށް ބޮޑު. ލޯބިވެޔޭ ބުނީ ވެސް އަހަރެން. ހީ ވޯޒް ޓޫ ކައިންޑް. އަހަރެންނަށް ޖަޖެއް ނުކުރޭ އޭނާ. ނަވާރަ އަހަރަކީ މާކުޑަ އުމުރެއްކަމުގައި އޭނާ ބުނި. އަހަންނަށް އަދި ގުޅުންތަކުގެ މުހިންމުކަން ނުވިސްނޭނެއޭ ވެސް ބުނި. އެކަމަކު އަހަރެން އަދޭސް ކުރުމުން ވިސްނާނަމޭ ބުނި. އަހަރެންގެ ވިހި ވަނަ އުފަން ދުވަހުގަ އޭނާ ބުނީ ރައްޓެހިވާން. އެކަމަކު އޭނާ އުސޫލު ކަނޑައެޅި. އެކަހެރިކޮށް ބައްދަލުކުރަން ނޭދެން ބުނި. އޭރު ހިތަށް އެރި މެޗުއާ ފިރިހެނުން އުޅޭ ގޮތް ބާއޭ އެއީ. އަހަންނަށް ރިލޭޝަންޝިޕްއެއްގެ އެއްވެސް އެއްޗެއް ނޭނގޭ. ސޯ އޭނާގެ ޝަރުތުތަކާ އެއްބަސްވީ. އޭނާ އަހަރެން ގޮވައިގެން ދެ ފަހަރު ކާން ދިޔަ. އެއީ ޑޭޓެކޭ އޭނާ ބުނި. އިޓް ވޯޒް މައި ފަސްޓް ޓައިމް. އެގޮތަށް ޓައިމް ސްޕެންޑް ނުކުރިޔަސް ފޯނުން އަހަރެމެން ވާހަކަދައްކަން. ދެން ކޮލެޖުން ވެސް ދިމާވޭ. އެއީ ހަމަ ޕާފެކްޓް ޖެންޓްލްމެންއެއް..." ކެންޒާގެ ތުންފަތް ފުޅާވެލިއެވެ.

"ޔޫ ސްޓިލް ލައިކް ހިމް..." ލައިތުގެ އަޑުގައި ހަރުކަށިކަމެއް އެކުލެވުނެވެ.

"އިޓް ޑިޑިންޓް ވޯކް އައުޓް... ހީ ލެފްޓް މީ... ލެފްޓް މީ އޭ ބުނުން ރަނގަޅެއް ވެސް ނޫންކަންނޭނގެ. އޭނާ ވެސް ކުއްލިއަކަށް ޚަބަރެއްނުވީ. އަހަރެން ލައިކްވާ މީހުންނަށް ވާގޮތަކީ ކަންނޭނގެ... އަހަންނަށް އޭނާ ފެނުން އިރު ހުރީ ވަރަށް ޗޭންޖްވެފަ. ކޮލެޖަކަށް ވެސް ނާދޭ. ކުޑަކުޑަ އަންހެންކުއްޖަކު އުރާލައިގެން ހުރީ. އެމީހުންނަށް އަހަރެންނެއް ނުފެންނާނެ. އެމީހުންގެ ގާތަށް އަހަރެން ނުދިޔައީ އެކުއްޖާ ޑެޑީއޭ ގޮވާލީމަ. އެއީ އޭނާގެ ދަރިއެއްކަން ޔަގީންވި. އޭގެ އަނެއް ދުވަހު އޭނާ ގެސްޓް ލެކްޗަރާއެއްގެ ގޮތުގައި ކޮލެޖަށް އައި. އޭނާ ގުޅީމަ އަހަރެން ބައްދަލުކުރަން ދިޔައީ. އަހަރެމެން ބައްދަލުކުރަނީ ޔުނިވާސިޓީގެ ކުލާސްތައް ހިންގާ އިމާރާތުގެ ބިއްދޮށުގައި އޮންނަ ހުސްބައިގަ. އަހަރެން އެ ދުވަހު ދިޔައިރު އޭނާ ކުރީބައިގައި އެތަނަށް އައިސް ހުރީ. އެކަމަކު އެހާ ދުވަސްކޮށްފަ ފެނުމުން ވެސް އަހަރެން އުފަލެއްނުވި. ހިތަށް އެރީ މިހާ ދުވަހު މިއުޅެވުނީ މީހެއްގެ ފިރިއަކާ ރައްޓެހިވެގެންބާއޭ. އަހަންނަށް އެނގިފަ އޮތްގޮތުގައި އޭނާ ސިންގަލް. ބައިވަރު އެއްޗެހި ސިކުނޑިއަށް އެރި. އައި ޑޯންޓް ވޯންޓް ޓުބީ ދި އަދާ ވޮމެން. ދި މިސްޓްރެސް... އަހަންނަށް ފެނުނު އެއްޗެއް ބުނީ އެހެންވެ. ގުޅުން ނިމުނީކަން ބުނިން. އެވަގުތު ވެސް އޭނާ އެހާ ކެއާކުރަންވީ ކީއްވެކަމެއް ނޭނގެ. އޭނާ ބުނީ އޭނާއަށް މަޖުބޫރުވީއޭ. ހުރިހާ ވާހަކައެއް ކިޔައިދޭނަމޭ. އެކަމަކު ދުވަސްކޮޅަކަށް މަޑުކުރާށޭ. އޭނާ އެނބުރި އަންނާނަމޭ. އޭނާ ވެސް ލޯބިވެޔޭ... އެދުވަހު ފުރަތަމަ ފަހަރަށް އޭނާގެ ދުލުން ލޯބިވެޔޭ ބުނި އަޑު އަހަރެން އެހީ. ދެމެދުގައި އެއްވެސް ގުޅުމެއް ވެސް ހިނގާފައެއްނެތް، އޭނާ އެކަހަލަ ގޮތަކަށް އަހަންނާ ގާތްވާން މަސައްކަތްކޮށްފައެއް ވެސް ނެތް. އެކްސްކިއުޒް ދައްކަނީކަމުގައި ޤަބޫލުކުރީ އެހެންވެ. ލޯބިވެޔޭ ބުނަން އެނގުނީ އަހަންނަށް އޭނާގެ ސިއްރެއް ފަޅާއެރީމައޭ ހިތަށް އެރި. އެ ދުވަހު ވަކިވެގެން ކުރިން ދިޔައީ އަހަރެން. އޭނާ އާދޭސްކުރި. ލޯބިވެޔޭ ބުނީ ވެސް އަހަންނާ ވަކިވާން ބޭނުންނުވާތީއޭ ބުނި. އަހަންނާއި އޭނާއާ ދެމެދު އޮތް ގުޅުމަކީ ޚާއްޞަ ގުޅުމެކޭ ބުނި. އޭނާއަށް އިންތިޒާރުކުރަން ބުނި. އެ ދެލޮލުން އަހަރެން ކަރުނަ ދުށީން. އެކަމަކު ކިހިނެއް ޤަބޫލުކުރާނީ. ދޮގު ހެދީމަ... އަހަރެން ޒުބިންދެކެ އެންމެ ފޫހިވީ އެހެންވެ. އަހަންނަށް އޮޅުވާލީމަ." ކެންޒާގެ މޫނުން ވެސް އެ އަސަރުތައް ފާޅުވެލިއެވެ. ލައިތުއަށް އިވުނު އެއްޗެއްގެ ސަބަބުން އޭނާގެ ދެ ލޯ ބޮޑުވެލިއެވެ.

"ކެންޒާ..." ލައިތު ގޮވާލިއެވެ. ކެންޒާގެ ފުރިހަމަ ނަމުން ލައިތު ގޮވާލުމުން ހައިރާންކަމާއެކު އެނބުރިލާން އުޅުނެވެ. ނަމަވެސް ލައިތު އެ ފުރުޞަތެއް ނުދިނެވެ. އޭނާގެ މޫނުގައިވި ހައިރާންކަން ކެންޒާއަށް ފެންނަން ބޭނުންނުވަނީއެވެ.

"ޒުބިންތަ ކިޔަނީ އޭނައަށް؟." ލައިތު އަހާލިއެވެ. ކެންޒާ ހޫން ލައްވާލަމުން ބޯޖަހާލިއެވެ. ލައިތަށް ހިންދިރުވާލެވުނެވެ. މޭގައި އެއްޗެއް ތާށިވިހެން ހީވިއެވެ.

"ދެން އޭނާ އެނބުރި އަތުވެއްޖެއްޔާ... އެހެން ކަންތައް ދިމާވާން ރަނގަޅު ސަބަބެއް ވެސް އޮވެދާނެއެއްނު." ލައިތު އެނގެން ބޭނުންވިއެވެ.

"އައި ވޯންޓް ޗީޓް އޮން ޔޫ. އަހަރެން ލޯބިވަނީ ލައިތުދެކެ، ހަމައެކަނި ލައިތުދެކެ..." ކެންޒާ އެނބުރިލަން އުޅުމުން ލައިތު މިފަހަރު ތަންދެއްކިއެވެ. ލައިތުއާ ނަޒަރު ސީދާކޮށްލައިގެން ކެންޒާ ހުރީ އޭނާ ބުނި ބަހުގެ ޔަގީންކަން ދޭފަދައިންނެވެ.

"އަހަރެންވެސް ޗީޓެއް ނުކުރާނަން... ދުވަހަކުވެސް ނުކުރާނަން. ތީ އަހަރެންގެ ފޮރެވާ އެންޑް އާފްޓަރ. ފޮގެޓް އެވްރިވަން އެލްސް. މާޒީގެ ވާހަކަ ދެން ދުވަހުވެސް ނުދައްކާތި. އައްވެސް ކަމެއް އެނގޭކަށް ބޭނުމެއްނޫން." ކެންޒާގެ ކޯތާފަތުގައި ދެއަތުން ލައިތު ހިފާލިއެވެ. އޭނާއަށް ކެންޒާ އެ ދެއްކީ ކާކުގެ ވާހަކަކަން އެނގިހުރެ ވެސް އެވާހަކަ އޮއްބާލީއެވެ. ކެންޒާއަކީ މިހާރު އޭނާގެ މީހެކެވެ. ހުރިހާ ގޮތަކުން ވެސް އެ އަންހެންކުއްޖާ އޭނާގެ މިލްކަކަށް ހަދާނެއެވެ. އެ އަންހެންކުއްޖާގެ ދިރިއުޅުމުގައި އިތުރު ފިރިހެނަކަށް ޖާހަގައެއް ނޯންނާނޭ ވަރަށް އެ ދިރިއުޅުމުގައި ލައިތު ޝާމިލުވާނެއެވެ. ކެންޒާގެ މުޅި ހިތް އޭނާގެ ލޯބިން ފުރާލަދޭނެއެވެ.

"ލައިތު އެނގެން ބޭނުންވީމަ މިކިޔާދިނީ. އަހަރެން ސިއްރެއްނުކުރާނަން." ކެންޒާ ބުންޏެވެ.

"އައި ވޯންޓް ޓު ނޯ ޔޫ ބެޓާ..." ކެންޒާގެ މޫނާ މޫނު ކައިރިކޮށްލާ ލައިތު ބުންޏެވެ. ދުރުގައި ހުރުމަށް ލައިތު ކުރިހާ މަސައްކަތް ބޭކާރުވީ އެހިނދުއެވެ. ޖަޒުބާތުތައް ފުންވެގެން ދިޔަކަން ދެ ހިތަށް ވެސް އިޙްސާސް ކުރެވުނެވެ. ލައިތުގެ ތުންފަތް ކެންޒާގެ ތުންފަތުގެ މީރުކަން ލިބިގަތް ހިނދެވެ. ދެ ޖިސްމުގައި ފިނިފިނި ވައިރޯޅިއެއް ބީހިލިފަދަ އަސަރުތަކެއް ވެރިވެގެންދިޔައެވެ. ލައިތުގެ ހަރަކާތްތަކުގައި ކެންޒާގެ މައްޗަށް ގަދަވެގަތުން އެކުލެވިފައިވިއެވެ. ލައިތުގެ އަވަސްވަމުން ފުންވަމުންއައި ހޫނު ނޭވާއިން ކެންޒާގެ މޫނު ފިއްސަމުންދިޔަ ކަހަލައެވެ. ކަނދުރާގައިވި ލޯލިތައް ކޮޅަށްޖެހިފައި ހުރީ ލައިތުގެ ކޮންމެ ބީހިލުމަކުން ކެންޒާގެ ހަށިގަނޑަށް ސިހުންވާތީއެވެ.

"ލަ..އި..ތު.." ވާހަކަދައްކާނޭ ފުރުޞަތު ލިބި ދެތުންފަތް މިނިވަންވުމުން ކެންޒާ ގޮވާލިއެވެ. އެހެންނަމަވެސް އެއަޑަށް ސަމާލުކަމެއް ނުދީ ކެންޒާގެ ތުންފަތް ޤައިދުކޮށްފިއެވެ. ކަކުލުހުޅުން ވާގުނެތިދާނޭހެން ކެންޒާއަށް ހީވާންފެށިއެވެ. އޭނާ ލައިތަށް ގިވަން މަސައްކަތްކުރަނިކޮށް އޭނާގެ ސަމާލުކަން ލިބުނެވެ. ލައިތުގެ މޫނުގައި ކެންޒާ ހިފަހައްޓާލިއެވެ. ލައިތުއާ ނަޒަރު ސީދާވެލި ހިނދު ކެންޒާގެ ނަފްސު ރޫރޫ އަޅާލިއެވެ. ލައިތުގެ ލޮލުގައިވަނީ މީގެ ކުރިން ކެންޒާ ދުށްފަދަ އަސަރެއްނޫނެވެ. ކެއީ ދެންމެ ނަމަވެސް ލައިތު ހީވަނީ ބަނޑުހައި ހޫނުކަމުގައި އެތައްދުވަހެއް ހޭދަކޮށްފައިވާ ހެނެވެ. އެއަރުތެރެ ތެތްމާލުމަށް ނުހަނު ކެތްމަދުވެފައިވާ މީހަކު ފަދައިންނެވެ. ނޭނގޭ މަސްތަކުން އެ ކަޅުކޮފީ ކުލައިގެ ދެކަޅި ބޮޑުވެފައި ވާކަހަލައެވެ. ކެންޒާއަށް ނުބަލަން ލައިތު ނިކަން އަވަހަށް މޫނު އަނބުރާލިއެވެ. ދެ ލޯ މަރާލިއެވެ. ފުންނޭވާއެއް ބޭރުކޮށްލިއެވެ.

"ކިހިނެއްވީ؟..." ކުއްލިއަކަށް ލައިތު އެތަނުން ދާން ހިނގައިގަތުމުން ކެންޒާއަށް އަހާލެވުނެވެ.

"ނާދޭ އަހަރެންގެ ފަހަތުން." ކެންޒާ އަންނަން ފެށުމުން ލައިތު ބުނެލީ ފަސްއެނބުރި ބަލާ ވެސް ނުލައެވެ.

"އަހަންނަށް ކަމެއްކުރެވުނީތަ؟." ކެންޒާ ހާސްވާގޮތްވިއެވެ. ހަލުވިކޮށް އައިސް ލައިތުއާ ކުރިމަތިލިއެވެ. ހަމައެހާ އަވަހަށް ލައިތު އެނބުރިލީ ކެންޒާއަށް ފުރަގަސްދެމުންނެވެ.

"ކީއްވެ ތިއެނބުރުނީ... އަހަންނަށް ނުބަލަންތަ؟" ކެންޒާއަށް ބުނެވުނެވެ.

"ޕެންޑާ... އިޓްސް ނޮޓް ޔޫ، އިޓްސް މީ. އައި ޑޯންޓް ވޯންޓް ޔޫ ޓު ސީ މީ ލައިކް ދިސް. ޔޫ އާ މޭކިން ދިސް ހާޑް..." ހަނދާނޭ ގޮތެއް ނޭނގިގެން އުޅޭ މީހަކުހެން ލައިތަށް މޫނުގައި ދެއަތް ހިންގާލެވުނެވެ.

"ލައިކް ވަޓް... ވަޓްސް ސޯ ހާޑް؟... ލައިތުއަށް ކަމެއްވީތަ؟. އަހަރެން ކައިރީ ބުނީމައެއްނު އެނގޭނީ." ކެންޒާއަށް ލައިތު ބުނި އެއްޗެއް ދޭހަނުވީއެވެ.

"ޔޫ އާ ޓްރައިން ޓު ބީ ނައީވް... ހައު ކުޑް ޔޫ ނޮޓް ނޯ... ޔޫ ހޭވް ސީން އިޓް ވިތް ޔޯ ޕްރިވިއަސް ބޯއިފްރެންޑްސް. އާ ޔޫ ޕްލޭނިން އޮން ކިލިން މީ ވިތް ދިސް މަޗް ޕްރެޝާރ." އެއްފަރާތުގައި ހުރި ދޮރުފަތް ކަހާލުމާއެކު ލައިތު ނުކުތީ ބެލްކަންޏަށެވެ. ކުރިމަތިން ފެންނަން އޮތް މޫދުން ނަގާ ރޯޅިތައް އެއްވެސް ހުރަހެއްނެތި އެހިސާބަށް ފޯރައެވެ. އެތަނަށް އެއްކޮށް ހިޔާއެޅިފައި ނެތް ނަމަވެސް އަވީގައި ލައިތު މަޑުކުރީ އެ ހަށިގަނޑަށް ޖަމާވަމުން އަންނަ ލޭ ދައުރުވާން ފުރުޞަތު ދިނުމަށެވެ. އެހެން ހުންނަތާ އިރުކޮޅެއްގެ ތެރޭ ކެންޒާ އައިސް ބެލްކަނީގެ ރެއިލިންގައި އަތްއަޅުވާލިތަން ފެނުނެވެ. މަޢުނަވީ ލުއި ހިނިތުންވުމެއް ލައިތުގެ ތުންފަތަށް ވެރިވުމާއެކު އޭނާ އިސްޖަހާލިއެވެ. އޭނާ ހީނުކުރާހާ ކެންޒާ މައުސޫމްބާއޭ ލައިތުގެ ހިތާ ސުވާލުކުރެވުނެވެ.

"ދެރަވީތަ؟..." ކެންޒާގެ ތުންކޮޅަށް ހަދާލި ގޮތް ފެނި ލައިތު އަހާލިއެވެ. ކެންޒާ އަނގަޔަކުން ނުބުންޏެވެ.

"ބުނީމެންނު ތިހަށިގަނޑުދެކެ އެއްގޮތަކަށް ވެސް ލައިކެއްނުވެޔޭ" ލައިތު ވާހަކަ ބަދަލުކޮށްލިއެވެ.

"އެހެންވިޔަސް މީ އަހަރެންގެ ހަށިގަނޑު... އަހަރެން ހުންނަ ގޮތް..." ކެންޒާ ވާހަކަދެއްކިއެވެ.

"ހުންނަ ގޮތް ބަދަލުކުރަން ބޭނުންތަ؟... އަހަރެން އެހީވެދީފާނަން." ލައިތު ދެތިންފިޔަވަޅު ކެންޒާއާ ގާތަށް އެޅި ނަމަވެސް ދެމެދުގައި ދުރުމިން ބެހެއްޓިއެވެ.

"ހިޔެއްނުވޭ ބަދަލުވާނެހެން." ވިސްނާލާފައި ކެންޒާ ބުންޏެވެ.

"މިބުނީނު އަހަރެން އެހީވާނަމޭ. މޭބީ އޭރުން ޕެންޑާއަށް އަމިއްލަ ނަފްސުގެ މައްޗަށް ކޮންފިޑެންސް ލިބިދާނެ. ކޮންމެ ގޮތަކަށް ހުއްޓަސް އަހަރެން ލޯބިވާނެ. އެކަމަކު ފަލަކޮށް ހުރުމަކީ ޕެންޑާ ބޭނުންވާ ގޮތް ނޫނިއްޔާ، ހިކެން މަސައްކަތް ކުރަމާ. އެކަމުގައި އަހަރެން އެހީވާނަން. ބޭނުންތަ ޓްރައިކުރަން..." ލައިތު ޚިޔާލު ފާޅުކުރިއެވެ.

"ނުކެރޭނެ ޖިމަށް ދާކަށް. އެހެންނޫނަސް އެކަހަލަ ތަނަކަށް ދުވަހަކުވެސް ނުދާތީ އުޅޭނެ ގޮތެއް ވެސް ނޭނގޭނެ. އެތާ ހުންނަ އެއްޗެހި ބޭނުންކުރާނޭ ގޮތެއް ވެސް ނޭނގޭނެ." ކެންޒާ ލަދުން ހުރެ ބުންޏެވެ.

"ޕާސަނަލް ޖިމަކާ، ޕާސަނަލް ޓްރެއިނާއެއް އެބަހުރި، ޕެންޑާއަށް ޚާއްޞަވެފައި..." ލައިތު އެއްލޯ މަރާލިއެވެ. ކެންޒާ ބޯޖަހާލިއެވެ.

"ތިބުނީ އާނއެކޭތަ؟" ލައިތު އެއްސެވެ. އެއާއެކު އަނެއްކާ ވެސް ކެންޒާ ބޯޖަހާލިއެވެ.

"އެކަމަކު އަހަންނާއެކު މިތަނަށް އަންނަން ޖެހޭނީ." ލައިތު ބުނެލިއެވެ.

"ލައިތު އެކަނިނަމަ އޯކޭ. އެހެންމީހުން ކުރިމަތީ ނުކެރޭނެ." ކެންޒާ ބުންޏެވެ.

"އަހަރެން އެކަނިވީމަ މާނުރައްކާތެރިވާނެ، ބިރެއްނުގަނޭތަ؟" ލާނެތް ހިންޏެއް އައިސްފައި ހުރެ ލައިތު ބުންޏެވެ.

"ނުގަނޭ ބިރެއް..." ޔަގީންކަމާއެކު ކެންޒާ ބުނެލިއެވެ. އޭނާގެ އެ ޖަވާބާމެދު ލައިތު ނުހަނު ބޮޑަށް ހިތްހަމަޖެހުނެވެ.

"އިތުރަށް މަޑުނުކޮށް އަވަހަށް ފަށަމާ. އަހަރެން ޕްލޭންކުރީމަ، އެ ޝެޑިއުލްގަ އޮންނަ ގޮތަށް ޕެންޑާ ޖެހޭނެ ހުރިހާ ކަމެއްކުރަން. ނޯ ޗީޓިން... ފުލް ޑައެޓް." ލައިތު ބުނެލިއެވެ.

"އައި ވޯންޓް ޗީޓް" ރަކި ގޮތަކަށް ކެންޒާ ބުނެލިއެވެ. ލައިތަށް ތަންކޮޅެއް ބާރަށް ހީނލެވުނެވެ.

"މިދައްކަނީ މުޅިން އެހެން ޗީޓެއްގެ ވާހަކައޭ" ހެމުން ލައިތު ބުނެލިއެވެ.

* * * * *

"ކީއްވެ ހިނިއައިސްފަ ތިއިނީ؟." ފިޒާނާ އަހާލީ ޔާދިންއަށް ބަލަން އިނދެއެވެ.

"އަލުން ބައްދަލުވާނޭ ކަމަކަށް ހިޔެއްނުކުރަން. އަހަރެން ވަރަށް ހޯދިން... ފިޒާ އަހަރެން ހޯދަން އައީމަ ވަކިން ބޮޑަށް އުފާވި. އައި މިސްޑް ޔޫ، ފިޒާއަށް އަންދާޒާ ވެސް ނުކުރެވޭނެ. ކޮންތާކަށް ދިޔައީ؟...ކޮންތާކު މިހާ ދުވަހު އުޅުނީ؟. އަހަރެން ކައިރީ ދަނީއޭ ވެސް ނުބުނެ ދިޔައީ." ކާރު ދުއްވަމުން ޔާދިން ވާހަކަދެއްކިއެވެ. ދޭތެރެއަކުން އޭނާގެ ނަޒަރުން މަގުމަތިން ނެއްޓި ކައިރީގައި ހުރި ސީޓުގައި އިން ފިޒާނާއަށް އަމާޒުކޮށްލައެވެ.

"ކޮންތާކަށް މިދަނީ؟" ޔާދިންއަށް ޖަވާބު ދިނުމުގެ ބަދަލުގައި ފިޒާނާ ސުވާލުކުރިއެވެ.

"ކޮފީއަކަށް އަރަންކަމަށް. ފިޒާ ދާން ބޭނުންވާ ވަކިތަނެއް އެބައޮތްތަ؟." ޔާދިން އަހާލިއެވެ.

"މިވަގުތަށް އޯކޭ ކޮފީއަކަށް އަރަން. އެކަމަކު އަހަރެން ކޮފީއެއް ނުބޯނަން. ބަނޑުހައިވެފަ މިހުރީ. ކާންދޭންވީނު." ފިޒާނާ ބުންޏެވެ.

"ފިޒާ ބޭނުންގޮތެއް... ކާން ބޭނުން އެއްޗަކަށް އޯޑަރު ދޭންވީ. އެހިސާބުގައި ޕާކެއް ނުކުރެވޭނެ. އެހެންވީމަ ކާރު ތަންކޮޅެއް ދުރުގަ ބާއްވާފަ ދާންޖެހޭނީ." ޔާދިން ބުންޏެވެ. ފިޒާނާ ބޯޖަހާލިއެވެ.

ރެސްޓޯރެންޓަށް ޔާދިންއާއި ފިޒާނާ ވަދެގެން އައެވެ. އެތަނުގައި މަތީ ފަންގިފިލާގެ މޭޒެއްގެ ދޮށުގައި ދެ ޒުވާނުން އިށީނެވެ. މޭޒުތައް ދޮށުގައި ތިބި ބައެއް ޒުވާނުންގެ ކަތި ނަޒަރުތައް ފިޒާނާ އިށީންނަންދެން ހުއްޓިފައި ހުއްޓެވެ. އެކަމާ ގަޔާނުވި ނަމަވެސް ފިޒާނާއަކީ އެފަދަ ޖާދުވީ އަސަރެއް ލިބިފައިވާ އަންހެންކުއްޖެއްކަން ޔާދިންގެ ހިތަށް ވިސްނައިދިނެވެ. މޭޒު ކައިރިއަށް އައި ވެއިޓަރަށް އޯޑަރު ދީ ނިމުމާއެކު ފިޒާނާގެ ސަމާލުކަން އަތުލުމަށް އޭނާއަށް ޔާދިން ގޮވާލިއެވެ.

"ދެން ބުނެބަލަ... ކޮންތާކު މިހާ ދުވަހު އުޅުނީ؟. ލައިފް ކިހިނެއް؟." ޔާދިން ސުވާލުކުރިއެވެ.

(ނުނިމޭ)