ރާއްޖެ ކުޅިވަރު

ރައީސްގެ ތަށި ދެއްވާނީ ކުޅިވަރާބެހޭ ވަޒީރު

Oct 3, 2015

މާދަމާ ކުޅޭ ރައީސުލް ޖުމުހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ޕްޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ދެއްވައި ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވަން ކުޅިވަރާ ބެހޭ މިނިސްޓަރ އަހުމަދު ޒުހޫރު ހަމަޖައްސައިފި އެވެ.

އެފްއޭއެމުން މި ގޮތަށް ހަމަޖެއްސީ ފައިނަލް މެޗަށް ރައީސް ވަޑައިނުގަތުމަށް ނިންމެވުމުންނެވެ. އެއީ ހައްޖުގެ އަޅުކަމަށްފަހު މާލެ ވަޑައިގަންނަވަނިކޮށް ލޯންޗު ގޮވައި އެމަނިކުފާނުގެ ސެކިއުރިޓީއާމެދު ސުވާލުތަކެއް އުފެދިފައިވުމުންނެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު ފަށާއި 92 ވަނަ ދުވަހު ނިންމަން އޮތް މުބާރާތުގެ ފައިނަލް މެޗު މާދަމާ އަށް ފަސްކުރަން އެފްއޭއެމުން ބޭނުންވީ ވެސް ފައިނަލް މެޗަށް ޝަރަފުވެރިކޮށްދެއްވަން ރައީސް އަބުދުﷲ ޔާމީން އައްޑުއަށް ވަޑައިގަންނަވަން ބޭނުންފުޅުވަޑައިގަތުމުންނެވެ. ނަމަވެސް އެންމެ ފަހުގެ ތިން އަހަރުގެ ޗެމްޕިއަން ނިއުރޭޑިއަންޓާއި މާޒިޔާ ކުޅޭ ފައިނަލް މެޗު ޝަރަފުކޮށްދެއްވަން އެމަނިކުފާނުގެ އިތުރުން ނާއިބް ރައީސް ވެސް ވަޑައިނުގަންވަނާގޮތަށް ހަމަޖެހުނީ މިއަދު އެވެ.

މިއީ ރައީސުލްޖުމުހޫރިއްޔާގެ ތަށި ދެއްވުމަށް ފަހުގެ ތާރީހެއްގައި ރައީސްނޫން ބޭފުޅަކު ހަމަޖެއްސެވި ފުރަތަމަ ފަހަރެވެ. މި ފަހަރުގެ މުބާރާތް އައްޑޫ އާއި ހދ. ކުޅުދުއްފުށީގައި މި ބޭއްވީ ގައުމީ މުބާރާތް އަތޮޅު ތެރޭގައި ނުބާއްވާތާ 45 އަހަރަށްފަހުގަ އެވެ.