ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ރިޕޯޓް: 39 ބަލި، ގަދަވީ 12 މީހުން

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 39 މީހުން ކަމަށާ 12 މީހަކު މިއަދު ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު 948 މީހަކު ބައްޔަށް ޓެސްޓްކޮށްފައިވާ ކަމަށާ ޕޮޒިޓިވްވީ 39 މީހުން ކަމަށެވެ. މިއަދުވެސް ގިނައީ ދިވެހިންނެވެ. އެއީ 27 ދިވެހިންނާއި ބަންގްލަދޭޝްގެ ހަތް މީހުންނާއި އިންޑިއާ ފަސް މީހެކެވެ.

ލޮކްޑައުންގެ ހާލަތަށް ލުއި ދިން ފަހުން އެންމެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވީ އިއްޔެ އެވެ. އެއީ 67 މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,801 އަށް އަރާފަ އެވެ. މިއަދު ކޮވިޑް ބަލިން ރަނގަޅުވީ 12 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2،302 މީހުންނެވެ. މިވަގުތު ފަރުވާގައި ތިބީ 470 މީހުންނެވެ.

ކޮވިޑަށް 62،767 މީހުން ޓެސްޓް ކޮށްފައިވާއިރު މިހާތަނަށް މި ބަލީގައި 14 މީހަކު ވަނީ މަރުވެފަ އެވެ.