ރާއްޖެ ކުޅިވަރު

ކިރިގިސްތާން ބަލިކޮށް ރާއްޖެ ވޯލްޑް ޗެމްޕިއަންޝިޕަށް

Oct 4, 2015

ރޭންކިން މެޗުގައި ކިރިގިސްތާން 3-2 އިން ބަލިކޮށް ގައުމީ އަންހެން ޓީޓީ ޓީމު ވޯލްޑް ޗެމްޕިއަންޝިޕުން ޖާގަ ހޯދައިފި އެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހު މެލޭޝިޔާގައި ބާއްވާ މުބާރާތުން އަންހެން ޓީމަށް ޖާގަ ލިބުނުއިރު ފިރިހެން ޓީމު ވަނީ ކަޓާފަ އެވެ. އެއީ އޭޝިއަން ޗެމްޕިއަންޝިޕުގައި ވިއެޓްނާމާއި މަކާއޯ މެޗުން ވެސް ބަލިވުމުންނެވެ. އަންހެން ޓީމު ވެސް އޭޝިއަން ޗެމްޕިއަންޝިޕުގައި ކުޅުނު ތިން މެޗުން ވެސް ވަނީ ބެލިވެފަ އެވެ.

ރާއްޖޭގެ އަންހެން ޓީމުގައި ހިމެނެނީ ފާތިމަތު ޖުމާނާ އާއި މަރިޔަމް ޝަފީގާއި އައިޝަތު ރަފާ ނާޒިމް އާއި މުއީނާ މުހައްމަދެވެ. ފިރިހެން ޓީމުގައި ހިމެނެނީ މުސާ މުންސިފާއި އިބްރާހީމް ޝިއުރީ އާއި ޒީސްތު ނަސީމެވެ.

ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަކުރާނީ އަންހެން 24 ޓީމާއި ފިރިހެން 24 ޓީމެވެ.