ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހުޅުވިފަހުން އެންމެ ގިނަ މީހުން ޕޮޒިޓިވްވީ މިއަދު

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް 68 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މިއަދަކީ ލޮކްޑައުންގެ ހާލަތަށް ލުއިދިންފަހުން އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވީ ދުވަހެވެ.

އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑަށް ޕޮޒިޓިވްވި 68 މީހުންގެ ތެރޭގައި ހިމެނެނީ 47 ދިވެހިންނާއި ބަންގްލަދޭޝްގެ ނުވަ މީހަކާއި އިންޑިއާގެ ހަތަރު މީހަކާއި ފިލިޕީސްއަށް ނިސްބަތްވާ ތިން މީހުންގެ އިތުރުން ސްރީލަންކާގެ ހަތަރު މީހަކާއި ނޭޕަލް މީހެއް ކަމަށެވެ.

ލޮކްޑައުންގެ ހާލަތަށް ލުއިދިންފަހުން މިއަދުގެ އިތުރުން ދެން އެންމެ ގިނަ މީހުން ޕޮޒިޓިވްވީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އެ ދުވަހު ޕޮޒިޓިވްވީ 67 މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,899 އަށް އަރާފަ އެވެ.

މިދިޔަ 24 ގަޑިއިރުތެރޭ 900 ވުރެ ގިނަ މީހެއްގެ ސާމްޕަލް ވަނީ ޓެސްޓްކޮށްފައެވެ.

މިއަދު ކޮވިޑް ބަލިން ރަނގަޅުވީ 19 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2،339 މީހުންނެވެ. މިވަގުތު ފަރުވާގައި ތިބީ 419 މީހުންނެވެ.

ކޮވިޑަށް 65،176 މީހުން ޓެސްޓް ކޮށްފައިވާއިރު މިހާތަނަށް މި ބަލީގައި 15 މީހަކު ވަނީ މަރުވެފަ އެވެ. މިބަލީގައި އެންމެ ފަހުން މީހަކު މަރުވެފައިވަނީ މިއަދުއެވެ.