ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް-19: 52 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލްގައި

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 52 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައި ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މިއަދު ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 3,044 އަށް އަރާފައެވެ. އެމީހުންގެ ތެރެއިން 2،397 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިވަގުތު ފަރުވާގައި ތިބީ 617 މީހުންނެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެމީހުންގެ ތެރެއިން 52 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައެވެ.

ކޮވިޑަށް ފަރުވާ ދިނުމަށް މިވަގުތު ބޭނުންކުރަމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ އިތުރުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ މެޑިކަލް ފެސިލިޓީއެވެ. އާންމު ގޮތެއްގައި ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެނީ ކޮވިޑްގެ ހާލު ބޮޑު މީހުންނަށެވެ.

ކޮވިޑްޖެހޭ މީހުންގެ ތެރެއިން ގިނަ މީހުންގެ ކިބައިން އެއްވެސް އަލާމާތެއް ނުފެނެއެވެ. އެހެން ކަމުން ބަލީގެ މީހުން އައިސޮލޭޓް ކޮށްފައި ބަހައްޓަނީއެވެ. ހޮސްޕިޓަލްގައި އެޑްމިޓްކުރަނީ އަލާމާތް ފެންނަ އަދި އެހެން ބައެއް ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުންނެވެ.