ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ޕޮލިސް ސާވިސް

ކޮވިޑް-19: ފުލުހުންގެ ލެބުން 10،000 ޓެސްޓް

މިހާތަނަށް 10،000 ވުރެ ގިނަ ސާމްޕަލް ކޮވިޑަށް ޓެސްޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ލެބްގައި ކޮވިޑަށް ޓެސްޓް ކުރަން ފަށާފައިވަނީ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގެ ރެއިން ފެށިގެންނެވެ.

ފުލުހުންގެ އިދާރާއިން މިއަދު ބުނީ މިހާތަނަށް އެ އިދާރާގެ ލެބުން 10،000 ކޮވިޑް ޓެސްޓް ހަދާފައިވާ ކަމަށެވެ. އެކަން ފާހަގަކުރުމަށް ފުލުހުންގެ ލެބްގައި މިއަދު ވަނީ ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފުލުހުންގެ ލެބްގައި މަަސައްކަތްކުރާ އޮފިސަރުންނަށް ތައުރީފު ކުރައްވާފައެވެ.

ސީޕީ ވިދާޅުވީ ކޮންމެ މަހަކުވެސް ފުލުހުންގެ ލެބުން އެތައް ޓެސްޓެއް ހަދަމުންދާ ކަމަށެވެ. އޭގެ ބޭރުން ކޮންމެ ހަފްތާއަކު 1،000 ވުރެ ގިނަ ކޮވިޑް ޓެސްޓް ކުރަމުންދާ ކަމަށެވެ. މިހާތަނަށް ފުލުހުންގެ ލެބުން 10،000 ޓެސްޓް ހަދާފައިވާ ކަމަށް ވިދާޅުވެ ސީޕީ ވަނީ އެ މަސައްކަތުގައި ހަރަކާތްތެރިވި ހުރިހާ އޮފިސަރުންނަށް ޝުކުރު އަދާކޮށްފައެވެ.

މިހާތަނަށް 50،000 ވުރެ ގިނަ ސާމްޕަލް ކޮވިޑަށް ޓެސްޓްކޮށްފައިވާ ކަމަށް އައިޖީއެމް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ރާއްޖޭގައި މިހާތަނަށް ކޮށްފައިވަނީ 68،696 ކޮވިޑް ޓެސްޓެވެ. އައިޖީއެމް ހޮސްޕިޓަލް އަދި ފުލުހުންގެ ލެބްގެ އިތުރުން ދެން ކޮވިޑަށް ޓެސްޓް ކުރަނީ އޭޑީކޭ ހޮސްޕިޓަލްގައެވެ.