ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެމެރިކާއިން 150،000 ޑޮލަރުގެ ސިއްހީ ސާމާނު ހަދިޔާކޮށްފި

Jul 22, 2020
އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރި ޕީޕީއީ ކިޓްތައް ހަވާލުކުރަނީ-- ފޮޓޯ: އެމެރިކާ އެމްބަސީ
0%
0%
0%

ކޮވިޑް-19އާ ދެކޮޅަށް މަސައްކަތްކުރާ ހިދުމަތްތެރިންނަށް 150،000 ޑޮަލަރުގެ ސާމާނު އެމެރިކާއިން ހަދިޔާ ކޮށްފި އެވެ.

ރާއްޖެއަށް މިތަކެތި ހަދިޔާ ކޮށްފައިވަނީ ސްރީ ލަންކާ އާއި ދިވެހިރާއްޖެ އަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ޗީފް އޮފް މިޝަން އާއި ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައިޅުއްވައިފައި ހުންނަވާ ހައިކޮމިޝަނަރު އުމަރު ރައްޒާގާ އެކު ބޭއްވި ބައްދަލު ކުރެއްވުމުގަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖުމުލަ އަގު 150,000 ޑޮލަރަށް އަރާ މިހިލޭއެހީއަކީ، ކޮވިޑް-19އާ ދެކޮޅަށް މަސައްކަތްކުރުމުގައި އެމެރިކާއިން ގެންގުޅޭ ބައިނަލްއަގުވާމީ އުސޫލު ކަމުގައިވާ "އޯލް އޮފް އެމެރިކާ" ގެ ރަމްޒެއް ކަމަށެވެ.

މިއީ އެމެރިކާއިން ރާއްޖެއަށް މިހާތަނަށް ހަދިޔާ ކުރި ތިންވަނަ ޕީޕީއީ ކިޓުތަކުގެ ހަދިޔާ އެވެ. މީގެ އިތުރުންވެސް އެމެރިކާއިން ވަނީ ރާއްޖޭގެ ކޮވިޑާ ގުޅޭ އެކި ދާއިރާތަކުގެ ބޭނުންތަކަށް ދެ މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910