ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އެމެރިކާ އިން ކޮވިޑް ޓެސްޓް ކިޓް ހަދިޔާކޮށްފި

Jun 30, 2022

އެމެރިކާ އިން ރާއްޖެއަށް ކޮވިޑް-19ގެ ޓެސްޓް ކިޓްތަކެއް ހަދިޔާކޮށްފި އެވެ.

އެމެރިކާ އިން އެންމެ ފަހުން ހަދިޔާކުރި ކޮވިޑް ޓެސްޓް ކިޓްތަކުގެ ތެރޭގައި ދެ ލައްކަ ކިޓް ހިމެނެ އެވެ.

ސަރުކާރުގެ ފަރާތުން ކިޓްތަކާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝާހު މާހިރެވެ.

އެމެރިކާ އިން މިފަހަރު ހަދިޔާކުރީ ކޮވިޑް ސާމްޕަލްގެ ނަތިޖާ ވަގުތުން ލިބޭ ރެޕިޑް އެންޓިޖެންޑް ޓެސްޓް ކިޓް ތަކެކެވެ.

ކޮވިޑް 19ގެ އެންމެ އުދަގޫ ދުވަސްވަރު އެމެރިކާ އަކީ ރާއްޖެއަށް ގިނަ އެހީތަކެއް ފޯރުކޮށްދިން ގައުމެކެވެ.

މީގެތެރޭގައި ފައިޒާ ވެކްސިންގެ ފަސްލައްކަ ޑޯޒް ހަދިޔާކުރުމާއި 60 ވެންޓިލޭޓަރު ހަދިޔާކުރުމާއި އަދި އެކި މަރުހަލާތަކުގައި ތަކެއްޗާއި ފައިސާ ވެސް ހަދިޔާކޮށްފައިވެ އެވެ.