ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެމެރިކާ

އެމެރިކާއިން 128،700 ވެކްސިން ޑޯޒް ހަދިޔާކޮށްފި

Aug 9, 2021
3
އެމެރިކާއިން ވެކްސިން ހަދިޔާ ކުރުން: އެ ގައުމުން ވަނީ 128،700 ޑޯޒް ވެކްސިން ހަދިޔާކޮށްފައި --
100%
0%
0%

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސަރުކާރުން ދިވެހިރާއްޖެއަށް 128،700 ޑޯޒްގެ ފައިޒާ ކޮވިޑް-19 ވެކްސިން ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި މިއަދު މެންދުރު އޮތް ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ވެކްސިންއާ ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަސީމް ވަނީ މުޅި ދުނިޔޭގެ އާބާދީއަށް ވެކްސިން ފޯރުކޮށްދިނުމަށް އެމެރިކާއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތަށް ތައުރީފުކުރައްވައި އެމެރިކާއިން ވެކްސިން އެންމެ ފުރަތަމަ ފޮނުވާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުއްވީތީ އެމެރިކާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކޮވިޑް-19ގެ ޕެންޑެމިކް ފެށުނީއްސުރެ އެމެރިކާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދެއްވަމުން ގެންދަވާ ދީލަތި އެހީތަކަށް ޝުކުރު އަދާކުރައްވައި އެކަށީގެންވާ ގޮތެއްގައި ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރުމަށް މި އެހީ ދިވެހި ސަރުކާރަށް މުހިއްމުވިކަން ފާހަގަކުރެއްވިއެވެ.

އަދި ފައިޒާ ވެކްސިން ލިބުމުން އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ވެކްސިން ދޭން ފެށޭނެކަން މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލިޓްޒް ވަނީ ދިވެހި ސަރުކާރާ އެމެރިކާ ސަރުކާރާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ދެ ގައުމު ގުޅިގެން އިތުރު މަސައްކަތްތައް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކޮވިޑް-19 އާ ގުޅިގެން އެމެރިކާ ސަރުކާރުން މިހާތަނަށް ދިވެހިރާއްޖެއަށް 5.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށް ދީފައިވެއެވެ. އެގޮތުން ދެ މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ އާއި އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ޕީޕީއީ އާއި ޕީސީއާރް މެޝިނާއި ވެންޓިލޭޓަރުގެ އިތުރުން ބޭނުންވާ އެހެނިހެން މެޑިކަލް ސާމާނު ފޯރުކޮށްދީފައިވެއެވެ. އަދި އައިއޭއީއޭ އާއި ޔުނިސެފް ފަދަ މަލްޓިލޭޓަރަލް އެޖެންސީތައް މެދުވެރިކޮށްވެސް އެހީ ފޯރުކޮށްދީފައިވެއެވެ. 

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޝަމްސުއްނިސާ

މިހާރު ވެކްސިން ނުޖަހާ ތިބި މީހުންނަށް ފައިޒާ ވެކްސިން ޖަހަން ފެނޭ.

ނަން

ވެކްސިންގ ޖެހުމަށް މިހާރު މަޖުބޫރު ކޮށްފައިވާ ދަނޑިވަޅެއްގައި، އެމެރިކާއިން މި ހަދިޔާކުރި ފައިޒާވެކްސިންގެ އެއްލައްކަ އަށާވީސްހާސް ހަތްސަތޭކަޑޯޒު ބޭނުންވާ ކޮންމެ ރައްޔިތަކަށްވެސް ޖެހޭނެ ފުރުސަތު ފަހިވެފައި އޮތުމަކީ ކޮންމެހެން ބޭނުންކަމެއް ،

މުބީނު މާރނީ

ނުކުޅެދޭ މީހުން ނުކުޅެދޭ ހާލުގައި ވެސް ފައިޒާ ވެކްސިން ޖަހަން މިއަންނަށް ޖެހެނީ މާލެ އަށް. އިބޫ ސަރުކާރަކީ ބޮޑު އުނދަގުލެއް. ކިތަންމެ ބައިވަރު ފައިޒާ ވެކްސިން ލިބުނަސް ރާއްޖެތެރެއަށް ފައިޒާ ވެކްސިން ފޮނުވަން އިބޫ ޙިޔާލުވެސް ނުކުރޭ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910