ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އަބްދުﷲ ޝާހިދު

ވެކްސިން ހަދިޔާ ކުރުމުން އެމެރިކާއަށް މިނިސްޓަރުގެ ޝުކުރު

Jan 29, 2022

އެމެރިކާއިން ރާއްޖެއަށް ހިލޭ އެހީގެ ދަށުން ވެކްސިން ހަދިޔާ ކުރުމުން އެގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލެންކަން އަށާއި ސަރުކާރަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޝުކުރު އަދާކުރައްވައިފި އެވެ.

އދގެ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާއިން އިއްޔެ ވަނީ ރާއްޖެއަށް 210،600 ޑޯޒްގެ ފައިޒާ ވެކްސިން ހަދިޔާކޮށްފަ އެވެ.

އެކަމަށް އެމެރިކާ ސަރުކާރަށް ޝުކުރު އަދާކުރައްވަމުން ޝާހިދު ވިދާޅުވެފައި ވަނީ އިއްޔެ އެގައުމުން ހަދިޔާކުރި ވެކްސިންތަކަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޫސްޓާ ޑޯޒް ޖެހުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އެމެރިކާއިން މިހާތަނަށް ހަތަރު ލައްކައަށްވުރެ ގިނަ ވެކްސިން ޑޯޒް ވަނީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. އޭގެ އިތުރުން ވެސް ސަރުކާރުން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އެމެރިކާއިން އެހީތެރިވެދެމުން ދާތީ އެކަމަށް ވެސް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

އެމެރިކާއިން މީގެކުރިން ވަނީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް 229،320 ޑޯޒްގެ ފައިޒާ ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.