ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެމެރިކާ

އެމެރިކާގެ އެހީގަައި ރާއްޖެއަށް ވެކްސިން

އެމެރިކާއިން ކޮވިޑް-19 ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަކީ ދިވެހިރާއްޖެއާ އެމެރިކާއާ ދެމެދު އޮތް ގާތް ގުޅުމުގެ ރަމްޒެއް ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ އެމެރިކާއިން ދުނިޔޭގެ ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭން ނިންމެވިކަން އެ ގައުމުގެ ރައީސް ޖޯސެފް ބައިޑަން އިއުލާންކުރެއްވުމާ ގުޅިގެން އެކަމަށް ޝުކުރު އަދާކުރައްވަމުންނެވެ. ދިވެހިރާއްޖެ ހިމެނޭހެން އޭޝިއާ ސަރަހައްދަށް ހަތް މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭނެ ކަމަށް އެމެރިކާއިން ވަނީ އިއުލާނު ކޮށްފައެވެ.

އެމެރިކާއިން ދިވެހިރާއްޖެއަށް ވެކްސިން ފޯރުކޮށްދޭނެކަން އިއުލާންކޮށްފައިވާއިރު، އެމެރިކާއިން ހަދިޔާކުރި ޕީޕީއީއާއި މެޑިކަލް އިކުއިޕްމަންޓް ދިވެހިރާއްޖެއާ މާދަމާ ރަސްމީކޮށް ހަވާލުކުރާނެއެވެ.

އެމެރިކާގެ ފޮރިން މިނިސްޓަރު އެންތަނީ ބްލިންކެން ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ދެކުނު އޭޝިއާގެ ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގައި އެމެރިކާ ދެމި އޮންނާނެ ކަމަށެވެ. ކޮވިޑް-19 އާއި ގުޅިގެން ގައުމުތަކަށް ލިބެމުންދާ ގެއްލުންތައް ކުޑަ ކުރަން އެހީތެރިވެ ދޭނެ ކަމުގެ ޔަގީންކަން ވެސް ބްލިންކެން ވަނީ ދެއްވާފަ އެވެ.