ރާއްޖެ ކުޅިވަރު

15 ކުޅުންތެރިން ބާކީކޮށް ގައުމީ ޓީމު ކަލްކަތާއަށް ފުރައިފި

Oct 5, 2015

ސްކޮޑުން 15 ކުޅުންތެރިއަކު ބާކީކޮށް، ވޯލްޑް ކަޕް ކޮލިފައިންގައި ބުރާސްފަތި ދުވަހު ބޫޓާނާ ދެކޮޅަށް ކުޅޭ މެޗަށް ގައުމީ ފުޓްބޯޅަ ޓީމު އިންޑިޔާގެ ކަލްކަތާ އަށް ފުރައިފި އެވެ.

ސްކޮޑުން ބާކީކުރި ކުޅުންތެރިންނަކީ ވެލެންސިއާގެ އަހުމަދު ވިޝާމް (ޖެރާޑް) އާއި ޔޫސުފް ރަމީޒާއި އަހުމަދު ރިލްވާން އާއި ހުސައިން ނިހާނާއި ވިކްޓަރީގެ ކީޕަރު މުހައްމަދު ޖަޒްލާން އާއި ހިސާމް ސަލީމާއި މާޒިޔާގެ މޫސާ ޔާމީން ކީޕަރު އިމްރާނު މުހައްމަދާއި އާއި އީގަލްސްގެ އަހުމަދު ނޫމާން (ހެލްމެޓް) އާއި އަހުމަދު ރިޒްވާން އާއި އިބްރާހީމް ހަމްދާނާއި ޓީސީގެ ނާއިޒް ހަސަން އާއި ނިއުރޭޑިއަންޓްގެ މުހައްމަދު ކަރަމް އާއި އަހުމަދު ސުހައިލްގެ އާއި އަލީ ފާސިރު (ސެންޓޭ) އެވެ. މި ކުޅުންތެރިންގެ ތެރެއިން ހެލްމެޓާއި އިމްރާން ތިބީ އިންޖަރީގަ އެވެ. ސެންޓޭ އާއި ރިޒްވާން ބާކީކުރީ ހުއްދަ ނުހޯދައި އޭދަފުށީގައި އޮތް މުބާރާތެއް ކުޅުމުންނެވެ.

ޓީމަށް އަލަށް ނަގާފައިވާ ކުޅުންތެރިންގެ ތެރޭގައި ވެލެންސިއާގެ ކެޕްޓަން އިބްރާހީމް އަބުދުﷲ އާއި މަހިނަދޫގެ ސަމޫހް އަލީ ހިމެނެ އެވެ.

އައްޑޫ ސިޓީގައި އިއްޔެ ނިއު އާއި މާޒިޔާ ކުޅުނު ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލަށް ފަހު ގައުމީ ޓީމު ބޫޓާނަށް ދިއުމަށް ދަތުރުފެށީ ރޭ ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ކަލްކަތާ އަށް ދިޔައީ ގަމުން، އައިސް އިބްރާހީމްނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ކުޑަވަގުތުކޮޅަކު މަޑުކުރުމަށްފަހު އެވެ.

ގައުމީ ޓީމު ބޫޓާނަށް ދާނީ ދެ ދުވަހު ކަލްކަތާގައި މަޑުކުރުމަށްފަހު އެވެ. އެއީ ބޫޓާނަކީ އުސްގައުމަކަށްވުމުން ކުޅުންތެރިންގެ މެޗުގެ ކުރިން ދިމާވެދާނެ ސިއްހީ މައްސަލަތަކުން އަރައިގަތުމަށްޓަކައި މެޗު ކުޅޭ ދުވަހު ބޫޓާނަށް ދާން ގޮތަށް އެފްއޭއެމުން ހަމަޖެއްސުމުންނެވެ.

މި މެޗަށް ފަހު ގައުމީ ޓީމު މި މަހުގެ 12 ވަނަ ދުވަހު ގަތަރާ ދެކޮޅަށް ކުޅެން އެ ގައުމަށް ވެސް ދާނެ އެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ގައުމީ ޓީމު ކުޅޭ މި ދެ މެޗަކީ އާ ކޯޗު ނިއުޒީލޭންޑްގެ ރިކީ ހާބަޓް ޓީމާ ހަވާލުވުމަށްފަހު ގައުމީ ޓީމު ކުޅޭ ފުރަތަމަ ދެ މެޗެވެ. ނަމަވެސް ނިއު އާއި މާޒިޔާގެ ކުޅުންތެރިން ނުލައި ބާކީތިބި ކުޅުންތެރިންނާއެކު އޭނާ ފަރިތަކޮށްފައިވަނީ އެންމެ ހަތް ދުވަހު އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ މިހާތަނަށް ވަނީ ތިން މެޗެއް ކުޅެފަ އެވެ. މާލޭގައި ގަތަރު އަތުން 1-0 އިން ބަލިވުމަށްފަހު ގައުމުން ބޭރުގައި ހޮންކޮން އަތުން 2-0 އިން އަދި ޗައިނާ އަތުން ބަލިވީ 3-0 އިންނެވެ.

ބޫޓާނާއި ގަތަރާ ދެކޮޅަށް ކުޅެން ނެގި ގައުމީ ޓީމު:

ނިއުރޭޑިއަންޓް:

ޓީސީ:

ވެލެންސިއާ:

ބީޖީ:

މާޒިޔާ:

މަހިބަދޫ:

އީގަލްސް: