ދުނިޔެ

ޗައިނާގެ މުދަލަށް ބަރޯސާނުވާން އިންޑިއާއަށް ގޮވާލައިފި

Jul 23, 2020

ވޮޝިންގްޓަން (ޖުލައި 23) - ޗައިނާގެ މުދަލަށް އިންޑިއާ އިން ބަރޯސާވާ މިންވަރު ކުޑަ ކުރުމަށް އެމެރިކާ އިން ގޮވާލައިފި އެވެ.

އެމެރިކާ-އިންޑިއާ ވާޗުއަލް ބިޒިނަސް ސަމިޓުގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ ވިދާޅުވީ، މުއާސަލާތީ އަދި ބޭހުގެ ބާވާތްތަކަށް ޗައިނާއަށް ބަރޯސާވެފައި އޮންނަ މިންވަރު ކުޑަކުރަން އިންޑިއާއަށް ފުރުސަތު އެބައޮތް ކަމަށެވެ.

"އިންޑިއާ އަށް އެކަން ކުރެވޭނެ. ސަބަބަކީ އިންޑިއާ އިން ވަނީ ވިޔަފާރީގައި އެތައް ގައުމެއްގެ އިތުބާރު ހޯދާފައި،" ޕޮމްޕޭއޯ ވިދާޅުވި އެވެ.

ޕޮމްޕޭއޯ މިގޮތަށް ވިދާޅުވެފައިވަނީ، އެމެރިކާގެ އިތުރުން އިންޑިއާ އާވެސް ޗައިނާއެކު އޮންނަ ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން، އިންޑިއާ އާއި ޗައިނާ އާ ގުޅޭ ބޯޑަރުގައި ދާދި ފަހުން ދެ ގައުމުގެ ސިފައިންގެ މެދުގައި ހިނގި ކުރިމަތިލުމާގުޅިގެން ދެ ގައުމުގެ މެދުގައި ނުތަނަވަސްކަން އޮތީ އިތުރުވެފަ އެވެ.

އޭގެ ރައްދުގައި ޗައިނާގެ 50 އަށް ވުރެ ގިނަ އެޕު އިންޑިއާގައި ބޭނުންކުރުން ވަނީ މަނާކޮށްފަ އެވެ.