ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް-19: 680 ސާމްޕަލުން ޕޮޒިޓިވްވީ 17

މިދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި 680 މީހެއްގެ ސާމަޕަލް ކޮވިޑަށް ޓެސްޓް ކޮށްފައިވާ ކަމަށާ ޕޮޒިޓިވްވީ 17 ސާމްޕަލް ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި 17 މީހުންގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި ބަންގްލަދޭޝްގެ ހަ މީހަކާއި އިންޑިއާގެ މީހެއް ކަމަށެވެ.

މިއަދު ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 3,120 އަރާފައެވެ. މިފަހުން ގިނަ ބަޔަކު ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. މިއީ މިހަފްތާގައި އެންމެ މަދުން މީހުން ޕޮޒިޓިވްވީ ދުވަހެވެ.

މިއަދު ކޮވިޑުން ރަނގަޅުވީ 31 މީހުންނެވެ. އެއާއެކު ރާއްޖެއިން ރަނގަޅުވީ މީހުންގެ އަަދަދު ވަނީ 2،428 އަަށް އަރާފައެވެ. އެއީ ކޮވިޑް ޖެހުނު މީހުންގެ 80 އިންސައްތަ އެވެ.

ކޮވިޑް ޖެހިގެން މިވަގުތު ފަރުވާ ހޯދަމުންދަނީ 626 މީހުންނެވެ. އޭގެ ތެރެއިން 53 މީހަކަށް ފަރުވާ ދެމުންދަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ. އެޗްޕީއޭއިން ބުނީ ގިނަ ބަޔަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ ނަމަވެސް އެމީހުންގެ ތެރޭގައި ހާލުބޮޑު ބަލި މީހަކު ނެތް ކަމަށެވެ. އެމީހުންނަކީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލި ތަކަށް ފަރުވާ ހޯދަމުންދާ މީހުން ކަމަށްވާތީ ހޮސްޕިޓަލްގައި އެޑްމިޓްކުރީ ރައްކާތެރިކަމަށްޓަކައި ކަމަށެވެ.