ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

55 މީހުން ޕޮޒިޓިވް، 70 މީހުން ރަނގަޅުވެއްޖެ

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 55 މީހުން ކަމަށާ 70 މީހަކު މިއަދު ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު 800 މީހަކު ބައްޔަށް ޓެސްޓްކޮށްފައިވާ ކަމަށާ ޕޮޒިޓިވްވީ 55 މީހުން ކަމަށެވެ. މިއަދުވެސް ގިނައީ ދިވެހިންނެވެ. އެއީ 31 ދިވެހިންނާއި ބަންގްލަދޭޝްގެ 21 މީހުންނާއި އިންޑިއާގެ ދެ މީހެއްގެ އިތުރުން ސްރީލަންކާ މީހެކެވެ.

މިއަދު ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 3,175 އަރާފައެވެ. މިފަހުން ގިނަ ބަޔަކު ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ.

މިއަދު ކޮވިޑުން ރަނގަޅުވީ 70 މީހުންނެވެ. އެއާއެކު ރާއްޖެއިން ރަނގަޅުވީ މީހުންގެ އަަދަދު ވަނީ 2،498 އަަށް އަރާފައެވެ.

ކޮވިޑް ޖެހިގެން މިވަގުތު ފަރުވާ ހޯދަމުންދަނީ 647 މީހުންނެވެ. އޭގެ ތެރެއިން 53 މީހަކަށް ފަރުވާ ދެމުންދަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ. އެޗްޕީއޭއިން ބުނީ ގިނަ ބަޔަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ ނަމަވެސް އެމީހުންގެ ތެރޭގައި ހާލުބޮޑު ބަލި މީހަކު ނެތް ކަމަށެވެ. އެމީހުންނަކީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލި ތަކަށް ފަރުވާ ހޯދަމުންދާ މީހުން ކަމަށްވާތީ ހޮސްޕިޓަލްގައި އެޑްމިޓްކުރީ ރައްކާތެރިކަމަށްޓަކައި ކަމަށެވެ.