ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެއްޖެ

ކޮވިޑް- 19 އަށް ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 77 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ. 77 މީހުންގެ ތެރެއިން 56 މީހުންނަކީ ދިވެހިންނެވެ. 20 މީހުން ނިސްބަތްވަނީ ބަންގާޅަށެވެ. އަދި އިންޑިއާ މީހަކުވެސް މިއަދު ކޮވިޑަށް ޕޮޒިޓިވްވިއެވެ.

މިއީ ލޮކްޑައުންގެ ހާލަތަށް ލުއި ދިން ފަހުން އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ދުވަހެވެ. މިއަދުގެ އަދަދާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 3،252 އަށް އަރާފައެވެ.

މިއަދު ބަލިން ރަނގަޅުވީ 36 މީހުންނެވެ. ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދު ވަނީ 2،534 އަށް އަރާފައެވެ.

މިވަގުތު ފަރުވާގައި ތިބީ 688 މީހުންނެވެ. ކޮވިޑްގައި ރާއްޖެއިން 15 މީހަކު ވަނީ މަރުވެފައެވެ.