ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސީސައިޑް ފިނޮޅުން ހަތަރު މީހަކު ޕޮޒިޓިވް ވެއްޖެ

ބ. އަތޮޅު ހަދަމުންދާ ރިސޯޓަކުން ކޮވިޑް-19 އަށް ހަތަރު މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީސީއޯ) އިން ބުނީ ސީސައިޑް ފިނޮޅުގައި މަސައްކަތް ކުރަމުން ދިޔަ މީހަކު ބަލިވެގެން މާލެއައިސް ޓެސްޓް ކުރި އިރު އޭނާ ޕޮޒިޓުވް ވެފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެރަށަށް ގޮސް ކޮންޓެކްޓް ޓްރޭސިން ހެދި އިރު އިތުރު ތިން މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެޗްޕީއޭއިން މިހާރު ވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފަ އެވެ.

މީގެ ކުރިން ބ. ތުޅާދޫގައި ހޯމް ކަރަންޓިނުގައި ހުރި މީހަކު ވެސް ވަނީ މަރުވެފަ އެވެ. އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އެކަމަކު އޭނާ މަރުވީ ކޮވިޑް ޖެހިގެން ނޫން ކަމަށް އެޗްޕީއޭ އިން ވަނީ ނިންމާފަ އެވެ.

މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު 3000 އަށްވުރެ މައްޗަށް އަރާފައިވާއިރު މިބަލީގައި 15 މީހަކު ވަނީ މަރުވެފަ އެވެ.