ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 67 މީހަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 67 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ދެންމެ ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް 67 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ. 43 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގަލްދޭޝްގެ 14 މީހަކާއި އިންޑިއާ ހަ މީހެއްގެ އިތުރުން އިންޑޮނޭޝިޔާގެ މީހަކާއި އެމެރިކާ މީހެކެވެ. އެމެރިކާ މީހަކީ އިއްޔެ ރާއްޖެ އައި ފަތުރުވެރި އެކެވެ. މިއީ ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން ޕޮޒިޓިވްވީ ފުރަތަމަ ފަތުުރުވެރިޔާ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 3,369 އަށް އަރާފައެވެ.

ލޮކްޑައުންގެ ހާލަތަށް ލުއި ދިންފަހުން ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. ހޮނިހިރު އަކީ އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވީ ދުވަހެވެ. އެ ދުވަހު 77 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.

ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2،547 އެވެ.

މިވަގުތު ފަރުވާގައި ތިބީ 792 މީހުންނެވެ. ކޮވިޑްގައި ރާއްޖެއިން 15 މީހަކު ވަނީ މަރުވެފައެވެ.