ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކެލާ އިން ޕޮޒިޓިވްވި މީހާގެ ދެވަނަ ސާމްޕަލް ނުނަގާ: އާއިލާ

ހއ. ކެލާއިން ޕޮޒިޓިވް ވި މީހާގެ ދެވަނަ ސާމްޕަލް ނަގާފައި ނުވާ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

ކެލާ އާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯތެއްގެ ކެޕްޓަނެއްގެ ގޮތިގައި މަސައްކަތް ކުރާ މެދު އުމުރުގެ މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އޭނާ ޕޮޒިޓުވް ވީ ކަން އަނޣާފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

ކެލާ ކައުންސިލް ނައިބް ރައީސް އާމިނަތު އިސްމާއިލް ވިދާޅުވީ އެ މީހާ ޕޮޒިޓުވް ވެފައިވާކަން އެނގުނީ މާލެއަށް ކުރާ ދަތުރު ނިންމާލުމަށްފަހު އައިސް ރަށުގައި ހުއްޓާ ބަލީގެ އަލާމަތްތަށް ފެނިގެން ހެދި ޓެސްޓުން ކަމަށެވެ. އެގޮތުން ފުރަތަމަ ހެދި ޓެސްޓުން ނެގެޓިވް ވެފައިވާ ކަމަށާއި ނަމަވެސް ދެވަނަ ސާމްޕަލް އެއް ނަގައި ހެދި ޓެސްޓުން ޕޮޒިޓވް ވެފައިވާ ކަމަށެވެ.

މިކަން ދޮގު ކުރަމުން ޕޮޒިޓިވް ވި މީހާގެ އާޢިލާގެ މީހަކު އަވަސް އާއި ވާހަކަ ދައްކަމުން ބުނީ އެމީހާ މަސައްކަތް ކުރާ ބޯޓު މާލޭގެ އޮތް އިރުން ފެށިގެންވެސް އޭގައި ތިބި ބިދޭސީންގެ ފަރާތުން މި ބަލީގެ އަލާމާތްތަށް ފެނިގެން އެކަން އޭނާ ބޯޓުގެ ވެރިފަރާތަށް އެނިގި ކަމަށެވެ. އަދި މާލެއިން ފުރުމުގެ ކުރިންވެސް އޭނާ އަމިއްލައަށްވެސް އަލާމާތްތަށް ފެނި ހުން އަންނަ ވާހަކަ ބޯޓުގެ ވެރިފަރާތާއި ހިއްސާ ކުރި ކަމަށާއި އެހެން ނަމަވެސް ބޯޓު ރަށު ކޮޅަށް ފުރުމަށް އެދިފައިވާ ކަމަށެވެ.

ބޯޓަކީ ހއ. އަދި ހދ. ގެ ރަށްތަކަށް ދަތުރުކުރާ ބޯޓެއް ކަމަށާއި ބޯޓު ކުޅުދުއްފުއްޓަށް ދިޔުމުން މާބޮޑަށް ބަލިވާން ފެށުމުން އަމިއްލަ އަށް އެރަށު ހޮސްޕިޓަލަށް ގޮސްގެން ޓެސްޓު ކުރުމަށް އެދުނު ކަމަށާއި ނަމަވެސް ފުލޫ ކްލިނިކަށް ދާން ހޮސްޕިޓަލުން ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ. އެހެން ކަމުން ފުލޫ ކްލިނިކަށް ގޮސް ޓެސްޓު ކޮށްފައި އަލުން އެހެން ރަށަކަށް ފުރައިގެން ދިޔައީ ކަމަށް އޭނާ އާއި ހަވާލާދީ އާއިލާ މީހަކު ވަނީ ބުނެފަ އެވެ.

"ކޮވިޑަށް ޕޮޒިޓިވް މީހާ މީގހެ ދެ ދުވަހެއްހާ ކުރިން ދަތުރު ނިންމާފަ ކެލަ އަށް މިއައީ. ދެން ޓެސްޓު ނަތީޖާ ނުލިބޭތީ ބޯޓުން އެހެން މީހުން ފައިބައިގެން ގެއަށް ދިޔައީމަވެސް އޭނަ ނުފައިބާ ހުރީ. ދެން ރަށު ސިއްހީ މަރުކަޒުން ގުޅާފަ ބުނީ ނެގެޓިވް އޭ. ބުނީމަ ފައިނބައިގެން ގެއަށް އައިސް ހަމަ އާންމު ގޮތެއްގަވެސް ކޮންމެ ދަތުރެއް ނިންމާފަ އައިސްވެސް އާއިލާގެ އެންމެނާ ބައްދަލު ކުރާނެ. އެގޮތަށް އެންމެނާވެސް ބައްދަލު ކުރި." އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ވަނީ ބުނެފަ އެވެ.

އޭނާ ބުނީ ރަށުގެ ގިނަ ބަޔަކާއި އެ އާއިލާގެ ގިނަ މެމްބަރުންތަކާއި ބައްދަލުވެ ނިމުނު ފަހުން މަރުކަޒުން ގުޅާފައި ބައްޔަށް ޕޮޒިޓިވް ވެފައި ހުރި ވާހަކަ ބުނި ކަމަށެވެ. އެހެން ކަމުން ދެވަނަ ސާމްޕަލް އެއް ނުނަގައި ނެގެޓިވް ރިސަލްޓެއް ޕޮޒިިޓިވް ވި ގޮތެއް ސާފްވެފައިނުވާ ކަމަށް އޭނާ ބުންޏެވެ. އަދި ނެގެޓިވް ވިޔަސް ޕޮޒިޓިވް ވިޔަސް އެކަން އަންގައިިދޭ ލިޔުމެއް ބޭނުންވާ ކަމަށް ބުނުމުންވެސް މިހާތަނަށްވެސް އެ ލިޔުން އާއިލާ އަށް ދީފައި ނުވާ ކަމަށް ބުންޏެވެ.

ޕޮޒިޓިވް ވި މީހާ އަކީ ހަކުރު ބައްޔާއި ލޭގެ ޕްރެޝަރަށް ބޭސް ކުރަމުންދާ މީހެއް ކަމަށާއި މިގޮތަށް ކަންތައްވުމުން ރަށުގެ ގިނަ ބައެއްގެ ފަރާތުން ފުރައްސާރަ އާޢި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން ކޮވިދަށް ޕޮޒިޓިވް ވެފައިވާކަން އެނގި ހުރެ ރަށުތެރެއަށް އެރީ ކީއްކުރަންތޯ ބައެއް މީހުން އެމީހާ އާއި ސުވާލު ކުރި ކަމަށާއި އަދި ރަށަށް އެ ބަލި ގެނައީ އެމީހާ ކަމަށް ބުނެ ބައެއް މީހުން ވާހަކަ ދައްކާ ކަމަށެވެ. އެހެންކަމުން ޕޮޒިޓިވް ވި މީހާ އަށް ނަފްސާނީ ގޮތުންވެސް އެތަށް ކަމެއް ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.

އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ އިތުރަށް ބުނީ އަދި މި ވީހާތަނަށް ހާލަތު ގޯސްވެފައި ނުވާ ކަމަށާއި އަދި އެމީހާގެ ހާލު ރަނގަޅު ކަމަށެވެ. އަދި އެޗްޕީއޭ އިން އަންގާ ގޮތަށް އެމީހުންވެސް އަމަލު ކުރަމުންދާ ކަމަށް ބުންޏެވެ.

ކެލާ ކައުންސިލުން ބުނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެމީހާ އާއި ގިނަ ބަޔަކު ދިމާނުވާ ކަމަށެެވެ. އަދި މިހާރު އެމީހާއާއެކު އެބޯޓުގައި މަސައްކަތް ކުރާ ހަތް މީހަކު އެކަހެރި ކޮށްފައިވާ ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.

އަތޮޅުތެރޭގެ ގިނަ ރަށްތަކަށްވެސް މި ބަލި މިހާރު ފެތުރިފައިވާއިރު ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 3000 މައްޗަށް އަރާފަ އެވެ. އަދި މި ބަލީގައި މިހާތަނަށް 15 މީހަކު ވަނީ މަރުވެފަ އެވެ.