އިދިކޮޅު ފަރާތްތައް

"ވާދަވެެރި ލީޑަރެއް ކަނޑައެޅުމަކީ ވާދަވެރިންގެ ކަމެއް"

Jul 30, 2020

އިހްލާސްތެރި ވާދަވެެރި ލީޑަރެއް ކަނޑައެޅުމަކީ ސިޔާސީ ވާދަވެރިންގެ ކަމެއް ކަމަށް ސަރުކާރު ހިންގާ މައި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވ.

އެ މަނިކުފާނު މިއަދު ޓްވިޓާގައި ވިދާޅުވީ އިހްލާސްތެރި ވާދަވެރި ލީޑަރަކު ކަނ ޑައެޅުމަކީ ވާދަވެރިންގެ ކަމެއް ކަމަށެވެ. އަދި ވާދަވެރިންނަކީ ކޮބައިކަން ވާދަވެރިންނަށް އެނގި، އެ ވާދަވެރިންގެ ތެރެއިން ލީޑަރެއް ލީޑަރެއް ކަނޑައެޅޭ ގޮތް ރައްޔިތުންނަށް ސާފުވާން ބޭނުންތެރި ކަމަށެވެ.

"ލީޑަރު ހުންނަވާ ތަނަށްވުރެ ލީޑަރު ކަނޑައެޅޭ ގޮތް މާ މުހިންމު!" ރައީސް ނަޝީދު ވިދާޅުވި އެވެ.

މިއަދު އެ މަނިކުފާނު މިހެން ވިދާޅުވި ރޭވެސް މި މޭރުމުން ވާހަކަފުޅު ދެއްކެވި އެވެ. ރޭ ވިދާޅުވ އިހުލާސްތެރި އިދިކޮޅު ލީޑަރު ސާފުކޮށް، ސަރުކާރާއި އެކު މަޝްވަރާކުރަން އިދިކޮޅު ފަރާތްތަކުން ދާން ޖެހޭ ކަމަށެވެ.

ރައީސް ނަޝީދުގެ މި ވާހަކަތައް އާއިރު ސިޔާސީ ވާދަވެރި ޕާޓީތަކުން ސަރުކާރާ އެކު މަޝްވަރާ ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދައުވަތު ދެއްވާފައިވީ ނަމަވެސް، އިދިކޮޅުން މަޝްވަރާ ކުރަންވީ ކޮން ރައީސަކާ ކަން އޮޅިފައިވާ ކަމަށް އިދިކޮޅުން ވެސް ވަނީ. ބުނެފަ އެވެ

އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ބާރަށު ދާއިރާގެ މެންބަރު ވިދާޅުވީ އިދިކޮޅު ލީޑަރަކީ މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންކަމާމެދު އެއްވެސް ސުވާލެއް ނެތް ކަމަށެވެ. ނަމަވެސް، އިދިކޮޅުން ކަމަކާގުޅޭ ގޮތުން މަޝްވަރާއެއް ކުރާ ނަމަ، މަޝްވަރާ ކުރާނީ ކޮން ރައީސަކާކަން ވެސް އެނގެން ޖެހޭ ކަމަށެވެ.

"ތިތަނުން އެގަހު ކޭލެއް، މިގަހު ކޭލެއް ނޭނގޭ. ރައީސުލްޖުމްހޫރިއްޔާ އޮޅިއްޖެ،" ރައީސް ސޯލިހަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތް ކުރައްވައި، އޭނާ އިތުރަށް ވިދާޅުވި އެވެ.